06 މެއި 2018 - 18:40

ވިލާ ކޮލެޖުން މި މަހު ފަށާ ކޯސްތަކަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ކޮލެޖުން ބުނީ، ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން ހަވީރު 6:00 އަށް އޮންނާނެ ކަމަށެވެ.
މާލޭގައި ހުންނަ ކެމްޕަހުން ކިޔަވަމުން އަންނަ ދަރިވަރުން ރަޖިސްޓަރީ ކުރުން އޮންނާނީ އެ ކެމްޕަހުގެ ހޯލުގަ އެވެ. އަދި ރަށްރަށުގެ ކެމްޕަސްތަކުގެ ދަރިވަރުންނަށް، އެ ދަރިވަރަކު ކިޔަވާ ކެމްޕަހަކުން ރަޖިސްޓަރީ ކުރެވޭނެ އެވެ.
ވިލާ ކޮލެޖުގައި މި މަހު 102 ޕްރޮގްރާމެއް ފަށާނެ އެވެ. އެއީ ރާއްޖެ އަށް މުހިއްމު ދާއިރާތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށެވެ.
މި އަހަރުގެ ފުރަތަމަ ސެމިސްޓާ އަށް ހާހެއްހާ ދަރިވަރުން ވަނީ ވިލާ ކޮލެޖާ އަލަށް ގުޅިފަ އެވެ.