އިސްޓަގްރާމުން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތް ހަދަނީ
އިސްޓަގްރާމުން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތް ހަދަނީ

އިސްޓަގްރާމަށް މިހާރު ގެންނަ ބަދަލުތަކުގެ ތެރެއިން އޮންލައިންކޮށް، ވިޔަފާރި ކުރެވޭ ފީޗާއެއް ވަރަށް އަވަހަށް ތައާރަފު ކުރާ ގޮތަށް ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އިސްޓަގްރާމަށް ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ފީޗާ ތައާރަފު ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެހެންވެ މާ ލަސްތަކެއް ނުވެ، އެ ފީޗާ އިސްޓަގްރާމް ބޭނުންކުރާ މީހުންނަށް ލިބެން ފަށާނެ އެވެ.

ޓެކް ކްރަންޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮންލައިންކޮށް ވިޔަފާރި ކުރެވޭ ހިދުމަތް އިސްޓަގްރާމް ބޭނުން ކުރާ މީހުން ހޯދުމަށްޓަކައި ޑެބިޓް/ކްރެޑިޓް ކާޑް ޕްރޮފައިލަށް ރެޖިސްޓްރީ ކުރަން ޖެހޭނެ އެވެ.

އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ޓްރެންޑް މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާއިރު އިރު، އިސްޓަގްރާމަށް މި ގެންނަ ބަދަލާ އެކު އެ އެޕް ބޭނުން ކުރާ މީހުންގެ މެދުގައި ވެސް އޮންލައިން ވިޔަފާރީގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެން ދާނެ އެވެ. އަނެއްކޮޅުން މިއީ އޮންލައިން ފިހާރަތައް ހިންގާ އަދި އޮންލައިންކޮށް ހިދުމަތް ދޭ ތަންތަނުގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމެކެވެ.

އިސްޓްގާރާމުން މިހާރު ވެސް އަންނަނީ އެމެރިކާ އާއި އިނގިރޭސިވިލާތުގައި ރެސްޓޯރަންޓްތަކުން މޭޒް ބުކް ކުރެވޭ ހިދުމަތެއް ދެމުންނެވެ.

މީގެ 8 އަހަރު ކުރިން ވުޖޫދަށް އައި އިސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 234 މިލިއަނަށް ވުރެ ގިނަ އެވެ.