06 މެއި 2018 - 10:06

ކ. ފުނަދޫ ކައިރީގައި ތެޔޮ ބާޖަކާއި ހުޅުލެ އައިލެންޑް ހޮޓަލުގެ ފެރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާ ލިބުނީ 21 އަހަރުގެ ފިރިހެނަކަށެވެ. ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވިޔަސް، ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގެ އެ ފެރީ މާލެ އައީ މީހުން ބަލައެވެ. އެ އެކްސިޑެންޓުގައި ފެރީ އަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ.