ބަކިންހަމް ޕެލަސް އަށް ކައްކާއަކު ހޯދަނީ
ބަކިންހަމް ޕެލަސް އަށް ކައްކާއަކު ހޯދަނީ

އިނގިރޭސީ ޝާހީ އާއިލާގެ ފަރިއްކޮޅުތައް ތައްޔާރުކޮށްލަން ފުރުސަތު ލިބިއްޖެ ނަމަ ބޭނުން ހިފާނަން ހެއްޔެވެ؟ މުސާރައެއް ލިބޭ ގޮތަށް، މި ވަޒީފާ އަށް ފަހަރުގައި ބައެއް މީހުން ވަރަށް ބޮޑަށް ޝައުގުވެރި ވެދާނެ އެވެ. އެކަމަކު ޝާހީ ބަދިގޭގައި ކައްކައިގެން އުޖޫރައެއްގެ ގޮތުގައި ލިބެނީ ކިހާ ވަރެއްކަން އެނގޭ ހިސާބުން ފޫހިވެދާނެ އެވެ.

ބަކިންހަމް ޕެލަސް އަށް ކައްކާއަކު ހޯދަނީ
ބަކިންހަމް ޕެލަސް އަށް ކައްކާއަކު ހޯދަނީ

ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން މިހާރު ވަނީ ފުލް ޓައިމް ޝެފެއް ހޯދަން އިއުލާންކޮށްފަ އެވެ. ޒިންމާއަކީ ޝާހީ އާއިލާގެ ފަރިއްކޮޅު ތައްޔާރު ކުރުމުގެ އިތުރަށް ޝާހީ އެކިއެކި ހަފުލާތަކުގެ ކެއުންތައް ތައްޔާރު ކުރުމެވެ. އަހަރެއްގެ މުސާރައަކީ 20،604.52 ޕައުންޑް (27،889.17 ޑޮލަރު) އެވެ. މިއީ ލަންޑަންގެ ތަޖުރިބާކާރު ކައްކާއަކަށް ރެސްޓޯރަންޓެއްގެ ކައްކާއެއްގެ ގޮތުގައި ލިބޭ އާމްދަނީއަށް ވުރެ ދެ ހާހެއްހާ ޕައުންޑް މަދު އަދެދެކެވެ.

ކައްކާ އަކު ހޯދަން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ނަގާ މީހަކަށް ކެއުމާ އެކު ބަކިންހަމް ޕެލަސްގައި، ހުރުމުގެ އިންތިޒާމު ވެސް ހަމަޖައްސައި ދެވޭނެ އެވެ. އެކަމަކު ގަނޑުވަރުގައި 24 ގަޑިއިރު ހުންނަ ގޮތަށް ވަޒީފާ އަށް އެއްބަސްވާ ނަމަ، މުސާރަ ދޭނީ ހުރުމުގެ ހަރަދު ކަނޑައިފަ އެވެ.

"މިއީ އެއްގޮތަކަށް ވެސް އާދައިގެ މަގާމެއް ނޫން. ޒިންމާތައް ވަރަށް ބޮޑު، ވަރަށް ހުނަރުވެރިި ކައްކާއަކަށް ނޫނީ އަދާ ނުކުރެވޭނެ ވަަޒީފާއެއް،" އިއުލާންގައި ބުނެފައިވެ އެވެ.

ވަޒީފާގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކައްކާގެ މަގާމަށް ކުރިމަތިލާ މީހުންނަކީ ޓީމް ވޯކް ރަނގަޅު، ރީއްޗަށް މުއާސަލާތު ކުރަން އެނގޭ އަދި ވަކިން ހާއްސަކޮށް ތަފާތު ކެއުންތައް ތައްޔާރު ކުރުމުގެ ޝައުގުވެރިކަން ހުންނަ މީހަކަށް ވާން ޖެހޭނެ އެވެ. މަގާމަށް ކުރިމަތިލުމަށް މި މަހުގެ 24 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.