05 މެއި 2018 - 20:27

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ސެންޓޭ: ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސްގެ އިރުޝާދުގެ ދަށުން ސެންޓޭގެ ކުޅުން ދަށްވި ނަމަވެސް އޮސްކާ ބްރުޒޮން ނިއުއާ ހަވާލުވި ފަހުން ސެންޓޭގެ ވިދުން ގަދަވި. އަލުން ފޯމަކަށް އެޅި ސެންޓޭގެ މޮޅު ކުޅުން ނިއު އިން ފެނުމުގެ ނަތީޖާ އަކަށްވީ އެ ޓީމުން ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުން. ލަނޑު ނުޖެހުމުގެ މައްސަލަތައް ސީޒަނުގެ ކުރީކޮޅުގައި ދިމާވި ނަމަވެސް އޭގެ ފަހުން ސެންޓޭ ވަނީ ފޯމަކަށް އެޅި ގޯލު ޖެހުމުގައި ވެސް ތަފާތު ދައްކާފައި.

ދެ ވަނަ ކުޅުންތެރިޔަކީ މުހައްމަދު އުމެއިރު

އެންމެ މޮޅު ކުޅުންތެރިޔަކީ އަލީ ފާސިރު (ސެންޓޭ)

ތިން ވަނަ ކުޅުންތެރިޔަކަށް ހޮވުނީ އަލީ އަޝްފާގް ދަގަނޑޭ

ދެން އެވޯޑް ދޭނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް

ޒާހިރު ނަސީރަށް ނިސްބަތްކޮށް ދޭ ފުރަތަމަ އެވޯޑް ހީނާ ސަލީމަށް

މި ލައިފްޓައިމް އެޗީވްމަންޓު އެވޯޑް ލިބުނީ ހީނާ ސަލީމަށް

ދެން އޮންނާނީ އަލަށް ތައާރަފްކުރާ "ޒާހިރު ނަސީރު އެވޯޑް" ދިނުން.

ރަން ބޫޓު ލިސްޓުގެ ދެ ވަނަ ދިޔައީ 15 ލަނޑު ޖެހި މާޒިޔާގެ މުހައްމަދު އުމެއިރު. އޭނާ އަށް ވަނީ 32 ޕޮއިންޓް ލިބިފަ. ތިން ވަނަ އަށް ދިޔައީ 17 ލަނޑު ޖެހި ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ). އޭނާ އަށް ވަނީ 28 ޕޮއިންޓް ލިބިފަ. އުމެއިރަށް ކުރި ލިބުނީ އޭއެފްސީ ކަޕްގައި މާޒިޔާ އަށް ޖަހައިދިން ލަނޑަށް ލިބުނު ޕޮއިންޓްތަކުން.

ސެންޓޭ ވަނީ މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ނިއު އަށް 24 ލަނޑު ޖަހައިދީފަ. އޭނާ ރަން ބޫޓު ހާސިލްކުރީ 47 ޕޮއިންޓް ހޯދައިގެންނެވެ. ސެންޓޭ އަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު ގައުމީ ޓީމަށް ޖެހި ގޯލުތަކަށްވަނީ ނުވަ ޕޮއިންޓް ލިބިފަ. މާލޭ ލީގުގައި ޖެހި ހަތަރު ގޯލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖެހި 17 ލަނޑަށް ވަނީ 34 ޕޮއިންޓް ލިބިފަ.

އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔަކަށް ދޭ ރަން ބޫޓު ލިބެނީ ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް.

2017 ވަނަ އަހަރުގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔަކީ ނާއިޒު ހަސަން (ދާދު)
ދެން އޮތީ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދިނުން
އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ ފާތިމަތު ޖޫޒާން: މިދިޔަ ސީޒަނުގައި މިސްކިތްމަގު ހޯދި ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން އަދި ސެޓަރު ފާތިމަތު ޖޫޒާން. ޓީމުގެ ރޫހުގެ ގޮތުގައި ފެނިގެންދިޔަ ޖޫޒާން ވަނީ ލީޑަރެއްގެ ރޯލު ވަރަށް ރަނގަޅަށް އަދާކޮށްފައި. ވަރުގަދަ މެޗުތަކުގައި ޖޫޒާން ފެނިގެންދިޔައީ ޓީމުގެ ހިތްވަރުގެ ގޮތުގައި. އޭނާ ވަނީ ގައުމީ މުބާރާތުގެ ތަށި މިސްކިތްމަގުން ދިފާއުކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި.
ދެ ވަނަ ފިރިހެން ވޮލީ ކުޅުންތެރިޔަކީ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)
އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔަކީ އިސްމާއިލް ސާޖިދު : މިދިޔަ އަހަރު މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ އަށް މެޗަކުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ނަމަވެސް މުޅި ޓީމަށް ބަލާއިރު އެންމެ މޮޅު ކުޅުމެއް ދެއްކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ). އޭނާ ވަނީ މިދިޔަ އަހަރު މޯލްޑިވިއަން އިން އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފައި. ފަހަކަށް އައިސް ކުޑަކާއްޓޭ ފެނިފައިވަނީ ޓީމުގެ އެޓޭކާއި ޑިފެންސުގައި ވެސް ރަނގަޅަށް ކުޅޭ ކުޅުންތެރިޔެއްގެ ގޮތުގައި.
2017 ވަނަ އަހަރުގެ 3 ވަނަ ފިރިހެން ވޮލީ ކުޅުންތެރިޔަކީ އަލީ ހުޒާމް
އެންމެ އުންމީދީ ފިރިހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ މުހައްމަދު އިމްރާން ހަސަން
ދެން އެވޯޑް ދޭނީ އެންމެ މޮޅު ފިރިހެން ވޮލ ކުޅުންތެރިންނަށް
އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ ޔޫޒަން ޒަރީރު، ދެ ވަނަ ކުޅުންތެރިޔަކީ ހައްވާ ރާޝިދާ
2017 ވަނަ އަހަރުގެ އަންހެން 3 ވަނަ ވޮލީ ކުޅުންތެރިޔަކީ އައިމިނަރު އަރީޝާ
އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް އެތުލީޓަކީ ދުވުންތެރިޔާ ހަސަން ސާއިދު
2017 ވަނަ އަހަރު އެންމެ އުންމީދީ އަންހެން ވޮލީކުޅުންތެރިޔަކަށް ހޮވުނީ އައިމިނަތު އަރީޝާ
މިހާރުގެ އެޑިޓަރު މޫސާ ލަތީފް ވާހަކަ ދައްކަވަނީ. އެވޯޑްގެ ތާރީހާއި އެކަމުގައި އެހީތެރިވާ ސްޕޮންސަރުންނަށް ޝުކުރު އަދާކުރެއްވި.
އެވޯޑް ހަފުލާ ފެށީ ޑިޓިއުން ބޭންޑުގެ ލަވަޔަކުން.
މިހާރު އެވޯޑްސް ހަފުލާ ފަށައިފި.
މިރޭގެ ހަފުލާ ކުޑަ އިރުކޮޅެއްގެ ތެރޭ، ވީޓީވީން ދައްކަން ފަށާނެ
އެވޯޑްސްގެ އެންމެ ހާއްސަ އިނާމަކީ ލައިފްޓައިމް އެޗީވްމަންޓް އިނާމު. މިއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި "ޒާހިރު ނަސީރު އެވޯޑް" ގެ ނަމުގައި ދޭ ޝަރަފްގެ އިނާމެއް.
އެތުލެޓިކްސް އާއި ފެތުމާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ހިމަނައިގެން އިންޑިވިޖުއަލް އެވޯޑްސް ވެސް ދޭނެ. މި ކެޓަގަރީ އަކީ ރާއްޖޭގައި އިންޑިވިޖުއަލް ކުޅިވަރުތަކަށް ދޭ ފުރަތަމަ އެވޯޑްތައް. މި ކެޓަގަރީގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ވެސް ހޮވާނެ. މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ހޯދި ކާމިޔާބީތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރާނެ.
މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ހަފުލާގައި ދޭ މައިގަނޑު ދެ ކުޅިވަރަކީ ފުޓްބޯޅަ އާއި ވޮލީބޯޅަ. ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އެވޯޑް ދޭނެ. އަދި ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ.
ކުޅުންތެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން މިދިޔަ އަހަރު ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ފުރަތަމަ އެވޯޑް ހަފުލާ އަށް މަރުހަބާ.