ދިވެހި އުފެއްދުންތައް ވިއްކާ ފެޝަން ކަލެކްޝަން ހުޅުވައިފި
ދިވެހި އުފެއްދުންތައް ވިއްކާ ފެޝަން ކަލެކްޝަން ހުޅުވައިފި

ފެޝަން ކަލެކްޝަންގެ ނަމުގައި ދިވެހި ފެޝަން ޑިޒައިނަރުންނާއި ފެހުންތެރިންގެ އުފެއްދުންތައް ވިއްކަން ޚާއްސަ ފިހާރައެއް ހުޅުވައިފި އެވެ.

ދިވެހި އުފެއްދުންތައް ވިއްކާ ފެޝަން ކަލެކްޝަން ހުޅުވައިފި
ދިވެހި އުފެއްދުންތައް ވިއްކާ ފެޝަން ކަލެކްޝަން ހުޅުވައިފި

ދަރުބާރުގެ ކުރިމަތިން އޮންނަ ޖަނަވަރީ ހިނގުމުގައި ހުޅުވި ފިހާރަ އިން ބުނީ އެ ތަނުން ވިއްކާނީ އަންހެނުންގެ ހެދުމާއި، ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު ކަމަށެވެ. އަދި އެ ފިހާރަ ޚާއްސަވާނީ ދިވެހިން ތައްޔާރުކުރާ އުފެއްދުންތައް ވިއްކުމަށް ކަމަށް ބުންޏެވެ.

އެތަނުގައި އަންހެނުންނަށް ޚާއްސަ ގިނަ އަދަދެއްގެ ސާމާނުތައް އެބަހުއްޓެވެ.

އިއްޔެ ރޭ ބޭއްވި ކުލަގަދަ ހަފުލާއެއްގައި ހުޅުވި ފެޝަން ކަލެކްޝަން އިން ފުރަތަމަ ވިއްކާ ކަލެކްޝަންގައި ހުންނާނީ މަޝްހޫރު ފެޝަން ޑިޒައިނާ އަދި ފެހުންތެރިޔާ ސުއިޒާ (ސުއި)ގެ އުފެއްދުންތައް ކަމަށް އެ ފިހާރަ އިން ބުންޏެވެ.

އެ ފިހާރަ އިން ބުނީ ސުއިގެ ކަލެކްޝަނަކީ އޭނާގެ ކަސްޓަމަރުން ވަރަށް އިންތިޒާރުކުރި ފަދަ ހެދުންތަކެއް ކަމަށެވެ.