ފަތާ ޓްރެކް ފުންކުރާތީ މޫދަށް އެރުން މަނާކޮށްފި
ފަތާ ޓްރެކް ފުންކުރާތީ މޫދަށް އެރުން މަނާކޮށްފި

މާލޭ ފަތާ ޓްރެކަށް ޖަމާވެފައިވާ ކުނިތައް ނަގައި ފުން ކުރުމުގެ މަސައްކަތް ކުރާތީ، އެތަނަށް މޫދަށް އެރި އުޅުން ވަގުތީގޮތުން މިއަދު މަނާކޮށްފި އެވެ.

ފަތާ ޓްރެކް ފުންކުރާތީ މޫދަށް އެރުން މަނާކޮށްފި
ފަތާ ޓްރެކް ފުންކުރާތީ މޫދަށް އެރުން މަނާކޮށްފި

މާލޭ ސްވިމިން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފަތާ ޓްރެކް ސާފުކުރުމުގެ މަސައްކަތް މިއަދު މެންދުރު ފަހު ހައުސިން މިނިސްޓްރީން ފަށާނެ ކަމަށެވެ. އެ މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ މޫދުގެ ލޮނުގަނޑު ކިލަނބުވެ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެހެންވެ އެ މަސައްކަތް ނިމެންދެން، އެތަނަށް މޫދަށް އެރި އުޅުން ވަނީ މަނާކޮށްފަ އެވެ. އެ މަސައްކަތް ނިމި، މޫދަށް އެރި އުޅެން އެކަށީގެންވާ މިންވަރަށް ސާފުވުމުން، އެކަން އާއްމުންނަށް އަންގާނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.

ފަތާ ޓްރެކް ސާފުކުރަން މި ފެށީ، އެތަނަށް ގިނަ އަދަދެއްގެ ކުނި ޖަމާވެ، މޫދަށް އެރި ނޫޅެވޭވަރަށް ތަޣައްޔަރުވުމާ ގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އެތަނަށް ޖަމާވީ، ޓްރެކާ ދިމާލު ބޭރުން ދަތުރުކުރި ބާޖަކުން ކަނޑަށް އުކައިލި ކުނިތަކެއް ކަމަށް ވެ އެވެ.