05 މެއި 2018 - 05:59

އެމެރިކާގެ ސުޕަމާކެޓަކުން ވައްކަންކުރި މީހަކު، ފިހާރައިގެ އެލާމްގެ އަޑު ކަނޑުވާލަން ބޭނުންކުރި "މޮޅު އުކުޅު"ގެ ސަބަބުން ފުލުހުންގެ އަތްދަށުވެއްޖެ އެވެ.
މި މީހާ އެލާމްގެ ސްޕީކަރު މަތީގައި ތަތްކޮށްފައި ވަނީ ކުދިން ކުޅެން ބޭނުންކުރާ ކަހަލަ ކްލޭ ޑޯ އެވެ. މިއީ ސްމާޓް ގޮތެއް ކަމަށް ހީކޮށް އެގޮތަށް ހެދި ނަމަވެސް ކްލޭގަނޑަށް ވަގު ކަލޭގެ އަތުން ވަރަށް ރީއްޗަށް ފިންގަޕްރިންޓް އަރާފައި ހުއްޓެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހިނގި ހާދިސާއެއް ނަމަވެސް ފުލުހުން މިކަމުގެ މައުލޫމާތު ހާމަކުރީ މިދިޔަ ހަފުތާގަ އެވެ. އެއީ ފިންގަޕްރިންޓް ދިމާވެ އޭނާ ހައްޔަރުކުރުމަށް ފަހުގަ އެވެ.
"ވަގު ކަލޭގެ މިހާރު ވެސް ހުރީ ހައްޔަރުކޮށްފައި. ކުށުގެ ތުހުމަތުތަކުގައި އެހެން ދެ ސިޓީއަކުން ވެސް މި ވަގު އެބަ ހޯދާ،" މެސެޝޫސެޓްސްގެ ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ވަނީ ވަގު ކަލޭގެ ހޯދީފައި ވާތީ އެކަން އިއުލާނުކޮށް، ފިންފަޕްރިންޓް ލިބުނު ގޮތް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ސޯޝަލް މީޑިއާގައި މިކަމަށް މީހުން ވަރަށް މަޖާ ކޮމެންޓްތައް ކޮށްފައިވެ އެވެ.