04 މެއި 2018 - 18:16

ސައޮ ޕޯލޯ (މެއި 4) - ބްރެޒިލްގެ އެންމެ ބޮޑު ސިޓީ ސައޮ ޕޯލޯގައި އަލިފާން ރޯވި އިމާރާތަކުން މީހުން ސަލާމަތް ކުރަން އުޅެނިކޮށް މަރުވި ރިކާޑޯ އޮލިވެއިރާ ގަލްވާއޯ ޕިންހެއިރޯ އަކީ ބަތަލެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފި އެވެ.
އަލިފާން ނިއްވުމުގައި އުޅުނު ޓީމުތަކުން ބުނީ އުމުރުން 39 އަހަރުގެ ރިކާޑޯ މަރުވީ އޭނާ ސަލާމަތް ކުރުމުގެ ފުރުސަތު ލިބިފައި ވަނިކޮށް ކަމަށެވެ. ރިކާޑޯ ސަލާމަތް ކުރަން އުޅެނިކޮށް އޭނާ ވަނީ އިމާރާތުގެ އެކި ބައިތަކަށް ގޮސް އަލިފާން ރޯވެފައިވާކަން އެހެން މީހުންނަށް އެންގުމަށް މަސައްކަތް ކޮށްފަ އެވެ. އޭނާ އެނބުރި އަންނިކޮށް ވަނީ އަލިފާންގަނޑުގައި ތާށިވެފަ އެވެ. އަލިފާން ނިއްވާ މީހުން ވަނީ ޖެހިގެން ހުރި އިމާރާތުން ވާގަނޑެއް އެއްލާ ރިކާޑޯ ސަލާމަތް ކުރަން މަސައްކަތް ކޮށްފަ އެވެ. އެ ވާގަނޑު ރިކާޑޯގެ ގައިގައި އައްސަން އުޅެނިކޮށް އޭނާ ވަނީ ރޯވެފައިވާ އަލިފާންގަނޑާ އެކު ވެއްޓިފަ އެވެ.
އަލިފާން ރޯވި އިރު 26 ބުރީގެ އިމާރާތުގައި 250 މީހުން ތިބި ކަމަށްވެ އެވެ.
މަންޒަރު ދުށް މީހުން ބުނީ މީހުން ސަލާމަތް ނުކޮށް ރިކާޑޯ އަމިއްލަ އަށް ސަލާމަތްވާން އުޅުނު ނަމަ އޭނާ ސަލާމަތްވީސް ކަމަށެވެ. ބައެއް މީހުން ބުނީ މީހުން ސަލާމަތް ކުރަން ރިކާޑޯ އުޅުނީ ވަރަށް ހިތްވަރާ އެކު ކަމަށެވެ.