25 ޖުލައި 2016 - 06:41

ޒުވާނުންގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕޭޖުގެ ޕްރޮފައިލް ފޮޓޯތަކަށް ބަލައިލައިފި ނަމަ ވަރަށް ގިނަ މީހުން އެއް ގޮތަކަށް ތިބޭކަން ފާހަގަވާނެ އެވެ. އެއް އިނގިލި ތުންފަތް މަތީ ޖައްސާލުމަކީ އެންމެ ފަހުގެ ސެލްފީ ޕޯޒް އެވެ. އަދި މި ސެލްފީ ޕޯޒް އަށް ކިޔާ އުޅެނީ "ފިންގާމައުތިން" އެވެ.
އާދަޔާ ހިލާފު ނަމެއް ދީފައިވާ މި ހަރަކާތަކީ ސޯޝަލް މިޑިއާގައި މަގުބޫލު ސެލެބްރިޓީން ފެށި ކަމެކެވެ. މިއީ މަޝްހޫރު ކާޑޭޝިއަން އާއިލާގެ ކައިލީ އާއި ކެންޑަލް އަދި ސެލީނާ ގޮމޭޒް ފަދަ ތަރިންނަކީ އެމީހުންގެ ސޯޝަލް މިޑިއާ ފޮޓޯތަކުގައި އާއްމުކޮށް ހުއްޓިގެން ތިބޭ ގޮތެވެ.
ބައެއް ފަހަރަށް، ތުންފަތް މަތީ ފަރުވާކުޑަ ގޮތަކަށް އަތް ޖައްސާލައިން ތިބޭ ތަން ވެސް ފެނެ އެވެ. މިއީ އެމީހުންގެ ނިޔަފަތީގައި ޖައްސާފައި ހުންނަ ކުލަ ދައްކާލަންތޯ ނުވަތަ އެމީހުން އަޅައިގެން ހުންނަ އަނގޮއްޓިއެއް ނުވަތަ ގަހަނާއެއް ދައްކާލަން ކުރާ ކަމެއްތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
މިއީ އެންމެ ފަހުގެ އާދަޔާ ހިލާފު ސެލްފީ ޕޯޒް އެވެ. އާއްމުންގެ ތެރޭގައި އަންނަނީ މަގުބޫލުވަމުންނެވެ.