25 ޖުލައި 2016 - 06:42

ފެޝަން ގަހަނާ އަކީ އަސްލު ރަނާއި ރިހި ނޫން، ރަންވަންލޯ ފަދަ މައުދަނެއްގައި ރަން ނުވަތަ ރިހި ކުލަ ޖައްސާފައި ހުންނަ، ފަހުގެ ސްޓައިލަށް ފަރުމާކޮށްފައިވާ އަގުހެޔޮ ގަހަނާ އެވެ. މިއީ އާއްމުކޮށް ކޮންމެ މުނާސަބަތުތަކަށް އަޅާލަން ގެންގުޅޭ ވައްތަރެކެވެ. ކިތަންމެ ރީއްޗަސް މިވައްތަރުގެ ގަހަނާ އަކީ ފަސޭހައިން ހަލާކުވާ އެއްޗެކެވެ.
އެމީހެއްގެ އެންމެ ފޭވަރިޓް ފަށް، އަނގޮޓި ނުވަތަ ތަނޑީގައި، މިލަ ޖަހައިފި ނަމަ ފަސޭހައިން އާ ކޮށްލެވިދާނެ ގޮތެއް އެބަ އޮތެވެ.
ތައްޓެއްގައި ފޮއިލް އަޅައި، ފޫ ފޮރުވޭ ގޮތް ހަދާށެވެ. އެއް ސަމުސާ ލޮނު އަދި އެއް ސަމުސާ ބޭކިން ޕައުޑަރު ތައްޓަކަށް އަޅާށެވެ. މައިކްރޮވޭވްގައި ދެ މިނެޓް ވަންދެން ހޫނު ކޮށްލުމަށް ފަހު އެ ފެން ފޮދު، ތަށި ތެރޭގައި ހުރި ލޮނާއި ބޭކިން ޕައުޑަރުގެ ތެރެއަށް އޮއްސާލާށެވެ. ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއް މިނެޓު ވަންދެން އެއްކޮށްލުމަށްފަހު ސާފު ކޮށްލަން ބޭނުންވާ ގަހަނާ އޭގެ ތެރެއަށް ލާށެވެ. އަދި ގާތްގަނޑަކަށް އެއް މިނެޓު ފަހުން ގަހަނާތައް އޭގެ ތެރެއިން ނެގުމަށް ފަހު ހިކި މަޑު ފޮތިކޮޅަކުން ފޮހެލާށެވެ.
މީގެ އިތުރުން "ސިލްވާ ޕޮލިޝް ޕޭސްޓް" އަކީ ވެސް މާލޭގެ ގިނަ ހާޑްވެއާ ފިހާރަތަކުން ލިބެން ހުންނަ އެއްޗެކެވެ. ސިލްވާ ޕޮލިޝް ޕޭސްޓުން ކުޑަ އެތިކޮޅެއް ގަހަނާއެއްގައި ލުމަށްފަހު ފޮތިކޮޅަކުން ރަނގަޅަށް އޮފު ކޮށްލެވިދާނެ އެވެ. މީގެ ސަބަބުން ގަހަނާ، ހާއްސަކޮށް ރިހި ކުލައިގެ އެއްޗެހި ވަރަށް ބޮޑަށް ރީތިވާނެ އެވެ.