05 މެއި 2018 - 06:00

މި އަހަރުގެ އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާން ކުރި އިރު، ހަތް ނޮމިނޭޝަނާ އެކު "ބްލެކް ޕެންތާ" ފިލްމްތަކުގެ ބައިން ކުރި ހޯދި އިރު، ޓީވީ ޝޯތަކުގެ ކުރި ހަ ނޮމިނޭޝަނާ އެކު ނެޓްފްލިކްސްގެ "ސްޓްރޭންޖާ ތިންގްސް" އަށް އަށް ލިބިއްޖެ އެވެ.
ރަޔަން ކޫގްލާ ޑައިރެކްޓްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ" އަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި ބެސްޓް ފިލްމް، ބެސްޓް ފަފޯމަންސް (ޗާޑްވިކް ބޯޒްމަން)، ބެސްޓް ހީރޯ (ޗާޑްވިކް ބޯޒްމަން)، ބެސްޓް ވިލަން (މައިކަލް ބީ ޖޯޑަން)، ބެސްޓް އޮން-ސްކްރީން ޓީމް، ސީން ސްޓީލާ (ލެޓިޓިއާ ރައިޓް) އަދި ބެސްޓް ފައިޓް ހިމެނެ އެވެ.
"ބްލެކް ޕެންތާ" އާ އެކު ބެސްޓް ފިލްމަށް ވާދަ ކުރާ ފިލްމްތަކުގެ ތެރޭގައި ހިމެނެނީ މިހާރު ބޮކްސް އޮފީހުގެ އެއް ވަނާގައި އޮތް "އެވެންޖާޒް: އިންފިނިޓީ ވޯ" އަދި މިދިޔަ އަހަރު ރިލީޒް ކުރި "ގާލްސް ޓްރިޕް" އާއި "އިޓް" އަދި "ވޮންޑަވުމަން" އެވެ.
ބެސްޓް ފަމޯމަންސަށް ޗާޑްވިކާ ވާދަ ކުރާ ތަރިންގެ ތެރޭގައި ހިމެނެނީ "ކޯލް މީ ބައި ޔޯ ނޭމް" އިން ޓިމޮލެތީ ކެމަލޭ، އެންޒެލް އެލްގޮޓް (ބޭބީ ޑްރައިވާ)، ޑެއިޒީ ރިޑްލީ (ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއީ) އަދި ސަޔޮސް ރޯނަން (ލޭޑީބާޑް) އެވެ.
ޗާޑްވިކްއާ އެކު ބެސްޓް ހީރޯއަކަށް ވާދަ ކުރާ ތަރިންގެ ތެރޭގައި ހިމެނެނީ "ގޭމް އޮފް ތުރޯންސް" އިން އެމިލިއާ ކްލާކް، ގަލް ގެޑޯ (ވޮންޑަވުމަން)، ގްރާންޑް ގަސްޓިން (ދަ ފްލޭޝް) އަދި ޑެއިޒީ (ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއީ) އެވެ.
މައިކަލް ބީ ޖޯޑަންއާ އެޖުޔ އެންމެ މޮޅު ވިލަން އަށް ވާދަ ކުރަނީ "އެވެންޖާޒް" އިން ޖޯޝް ބްރޮލިން، އެޑަމް ޑްރައިވާ (ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއީ)، އޯބްރީ ޕްލާޒާ (ލެޖަން) އަދި ބިލް ސްކާސްގާޑް (އިޓް) އެވެ.
ބެސްޓް ޝޯއަކަށް "ސްޓްރޭންޖާ ތިންގްސް" އާ ވާދަ ކުރަނީ 13 ރީޒަންސް ވާއި، ގޭމް އޮފް ތުރޯންސް، ގްރައު-ނިޝް އަދި ރިވަޑޭލް އެވެ.
އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސް އޮންނާނީ އަންނަ މަހުގެ 18 ގައި ލޮސް އެންޖަލިސްގަ އެވެ.