ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި
ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރު އަޅުއްވަމުން، ސިޔާސީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންނެވި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އިއްޔެ ފުރާވަޑައިގެންފި އެެވެ.

ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި
ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ތަމްރަތު ސެމިއުލް ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ހުރިހާ ފަރާތްތައް އެއް ތަނެއްގައި ތިބުމުގެ ބަދަލުގައި އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، ކުރި އަަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އޭނާ ވަނީ އިއްޔެ ފުރާވަޑައިގެންފަ އެވެ.

ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި
ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި

އެ ދަތުރާ ގުޅޭ ގޮތުން އދ. އިން އިއްޔެ ބުނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ޕާޓީތައް އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާ ތަމްރަތު ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުންތަކުގައި "ވަރަށް ފުޅާ ދާއިރާއެއްގައި، ބޭނުންތެރި" މަޝްވަރާތައް ކުރެވުނު ކަމަށް އދ. އިން ބުންޏެވެ.

ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި
ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި

"ކުރި އަށް އޮތް ތަނުގައި ވެސް، އެއްބަސްވެފައިވާ ގޮތްތަކުގެ ތެރެއިން މަޝްވަރާތައް ކުރި އަށް ގެންދާނެ އެވެ،" އދ. އިން ނޫސްވެރިންނަށް ފޮނުވި ނޯޓެއްގައިވެ އެވެ.

ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި
ހުރިހާ ފަރާތްތަކުން ވެސް ގޮތް ދޫކުރަން ބާރުއަޅުއްވައި އދ.ގެ މަންދޫބު ފުރާވަޑައިގެންފި

ތަމްރަތު ވަނީ، އދ. އިން ބުނި ގޮތުގައި، ވީ އެންމެ ބޮޑަކަށް ދޫ ދިނުމަށާއި ގޮތް ދޫކުރަން ތައްޔާރަށް ތިބުމަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް ބާރުއަޅުއްވާފަ އެވެ. މިހާރު ހުރި ހިޔާލު ތަފާތުވުންތައް ނައްތާލައި މުހިއްމު ގައުމީ މައްސަލަތައް ހައްލުކުރެވޭނީ އޭރުންކަން ތަމްރަތު ފާހަގަކުރެއްވި ކަމަށް އދ. އިން ބުންޏެވެ.

ތަމްރަތު ވަނީ ރައީސް ޔާމީންގެ އިތުރުން، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ވަފުދާ ބައްދަލު ކުރައްވާފަ އެވެ. އަދި ވެރިކަން ކުރާ ޕީޕީއެމް އާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލު ކުރެއްވި އެވެ.

މި މަޝްވަރާތަކުގައި ބައިވެރި ނުވާން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ. އެހެންވެ، ތަމްރަތާ ވެސް އިދިކޮޅު ޕާޓީތަކުން ބައްދަލެއް ނުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޝަރުތަކީ ޖަލަށް ހުކުމްކޮށްފައިވާ އިދިކޮޅު ލީޑަރުން މިނިވަން ކުރުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމަށް 11 އަހަރުގެ ހުކުމެއް އިއްވާފައި ވާއިރު، އިއްތިހާދުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ހަތަރު މަހަށް ޖަލަށް ލާފަ އެވެ.

ލީޑަރުން މިނިވަން ކުރުމަކީ މަޝްވަރާގައި ބައިވެރިވާން އެމްޑީޕީ އާއި އަދާލަތުން ކުރި ޝަރުތެވެ. އެކަމަކު، ކުރިން އެ ޝަރުތަށް ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އެ ފުރުސަތު މިހާރު އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން މަޝްވަރާތަކަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީ އާއި އަދާލަތުގެ އަނެއް ޝަރުތަކީ އެ ދެ ޕާޓީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން މަޝްވަރާތަކުގައި ބައިވެރި ކުރުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އިއްތިހާދު ކިޔާ ޕާޓީއެއް ނުދަންނަ ކަމަށާއި އެ މީހުން މަޝްވަރާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށެވެ.