ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ
ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ

ވޯޓާ ސޮލިއުޝަންސް އިން މާލޭގެ ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހެދުމަށް، ޑިޕާޓްމަންޓް އޮފް ހެރިޓޭޖާ އެކު މިއަދު އެއްބަސްވުމުގެއްގައި ސޮއިކޮށްފި އެވެ.

ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ
ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ

ހެރިޓޭޖްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވޯޓާ ސޮލިއުޝަންސްގެ ފަރާތުން އެސްބަަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް އަލީމް (އަމޫ) އެވެ. ހެރިޓޭޖްގެ ފަރާތުން ސޮއި ކުރީ ޑިރެކްޓާ ޖެނަރަލް ހައްވާ ނަޒްލާ އެވެ.

ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ
ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ

މި އެއްބަސްވުމަކީ ވޯޓާ ސޮލިއުޝަންސް އިން ސީއެސްއާރުގެ ދަށުން ހިލޭ ކޮށްދޭ މަސައްކަތެކެވެ. މިހާރު ވެސް ބައެއް މަސައްކަތްތައް ކުރިއަށް ދާއިރު، މަސަައްކަތް އެއްކޮށް ނިންމާލެވޭނީ ދެ މަސް ދުވަހުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ
ވޯޓާ ސޮލިއުޝަންސް އިން ހުކުރު މިސްކިތުގެ ލޭޒާ ތްރީޑީ ސާވޭ އެއް ހަދަނީ

ފުޅާ ދާއިރާއެއްގައި ސާވޭ ކުރުމުގެ ޚިދުމަތްދޭ ކުންފުނިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެންމެ ފަހުގެ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުކުރު މިސްކިތުގެ ސާވޭ ހަދާއިރު، ތާރީހު ދިރާސާކުރާ ތަޖުރިބާކާރުންނާ އިންޓަވިއުކޮށް، އެ މިސްކިތާބެހޭ ތަފްސީލީ ޑޮކިއުމެންޓްރީއެއް ވެސް ތައްޔާރުކުރާނެެ ކަމަށެވެ.

އޭގެ އިތުރުން ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުކުރު މިސްކިތާއި މިސްކިތުގެ ގޯތި ތެރޭގައި ހުރި ހުރިހާ ތަނެއް ސްކޭން ކުރާނެ އެވެ. ލޭޒާ ބޭނުންކޮށްގެން ސްކޭން ކުރުމުން، އެ ތަނެއްގެ އަސްލު އޮންނަ ގޮތުގެ ތްރީޑީ ފޮޓޯއެއް ކުރެހޭނެ އެވެ. އެގޮތަށް ކުރަހާ ފޮޓޯގަނޑުގައި އެތަނެއްގެ ހުރިހާ ތަފްސީލެއް އެއްވެސް ތަފާތެއް ނެތި ސާވޭޔަރުންނަށް ލިބޭނެ އެވެ. އަދި ސޮފްޓްވެއާ ބޭނުންކޮށްގެން އެ ފޮޓޯގަނޑުން ގިނަ މައުލޫމާތުތަކެއް ލިބި އެތައް ކަމެއް ކުރުމަށް މަގުފަހިވެގެން ދާނެ އެވެ.

މިގޮތަށް ހެދުމުން، ހުކުރު މިސްކިތުގައި ހިރިގަލުން ހަދާފައިވާ ތަންތަނުގެ ހުރިހާ ލިޔެކިއުންތަކާއި ކެނޑުންތައް އެ ތަންތަނުގެ އަސްލު މިނަށް، ފޮޓޯގަނޑުގައި ފެންނަން ހުންނާނެ އެވެ. އަދި މިސްކިތުގެ ލަކުޑިން ހަދާފައިވާ ބައިގެ ވަކަރުތަކުގައި ކިތަންމެ ކުޑަކޮށް ހަލާކުވެފައި ހުއްޓަސް އެތަނެއް އަސްލު އޮންނަ ގޮތް ދައްކުވައިދޭނެ އެވެ.

ވޯޓާ ސޮލިއުޝަންސް އިން ބުނީ މިފަދަ މައުލޫމާތަކީ މިސްކިތް ދެމެހެއްޓެނިވި ގޮތެއްގައި މުސްތަގްބަލަށް ރައްކާކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖެ އަށް ލޭޒާ ސާވޭ ތައާރަފްވެފައި ނުވާތީ، ހުކުރު މިސްކިތް ފަދަ އެއްވެސް ތަނެއްގެ މިފަދަ ސާވޭއެއް ހެދިފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ލޭޒާ ސްކޭނިން ބޭނުންކޮށްގެން ކުރާ ސާވޭގައި ކުރަހާ ފޮޓޯގަނޑުން އޮޓޯ ކެޑް ނުވަތަ ރެވިޓް ފަދަ ސޮފްޓްވެއާގައި ބޭނުން ކުރެވޭ ފޯމެޓަށް ފައިލްތައް ތައްޔާރުކުރެވޭނެ އެވެ. އެގޮތުން ކުރަހާ މީހުންނާ، ޑިޒައިނަރުންނަށް އެތަނެއްގެ އަސްލު ކުރެހުމުގެ ޗާޓުތައް ލިބޭނެ އެވެ. އޭގެ އިތުރުން ސާވޭކުރުމުން ލިބޭ ފޮޓޯގަނޑު މެދުވެރިކޮށް މުޅި މިސްކިތުގެ ހުރިހާ ތަނެއް އެއްކޮށް ވާޗުއަލް ރެއަލިޓީ އެއްގޮތަށް ބަލައި ލެވޭނެ އެވެ.

ވޯޓާ ސޮލިއުޝަންސްއާ ހެރިޓޭޖުން ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ހުކުރު މިސްކިތާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިވާނެ ކަމަށް އެ ކުންފުނިން ވަަނީ ބުނެފަ އެވެ.