02 މެއި 2018 - 14:25

ޕިއޮންޔޮން (މެއި 2) - ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔި ނޯތު ކޮރެއާ އަށް މިއަދު ވަޑައިގެންފި އެވެ.
މިއީ ގިނަ އަހަރުތަކަކަށް ފަހު ނޯތު ކޮރެއާ އަށް ވަޑައިގެންނެވި ޗައިނާގެ އެންމެ އިސް އޮފިޝަލެވެ.
ދެ ދުވަހުގެ ދަތުރުފުޅެއްގައި ވަން ޔި ޕިއޮންޔޮން އަށް ވަޑައިގެންނެވި އިރު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ދާދި ފަހުން ވަނީ ބެއިޖިންގައި ބައްދަލު ކުރައްވައިފަ އެވެ. މިއީ 2011 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވި ފަހުން ކިމް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އަދި ދެ ކޮރެއާގެ ވެރިންގެ ސަމިޓް މިދިޔަ ހުކުރު ދުވަހު ވަނީ ބާއްވައިފަ އެވެ.
ވަންގެ ދަތުރުގައި ނޯތު ކޮރެއާގެ ޚާރިޖީ ވަޒީރު ރި ޔަންގް ހޯއާ ބައްދަލު ކުރައްވާނެ އެވެ. މި ދެ ޑިޕްލޮމެޓުން ވަނީ ޗައިނާގައި މިދިޔަ މަހު ވެސް ބައްދަލު ކޮށްފަ އެވެ.
ވަން އަކީ 2007 ވަނަ އަހަރުގެ ފަހުން ނޯތު ކޮރެއާ އަށް ވަޑައިގެންނެވި ޗައިނާގެ ފުރަތަމަ ޚާރިޖީ ވަޒީރެވެ.
ޗައިނާ އަކީ ނޯތު ކޮރެއާގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރެވެ. ކިމް ވަނީ ޗައިނާގެ ރައީސް ވެސް ނޯތު ކޮރެއާ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.