ނުރަތައް ފޮރުވަން ގުދުރަތީ ފަރުވާއެއް
ނުރަތައް ފޮރުވަން ގުދުރަތީ ފަރުވާއެއް

ވަރަށް ޅަ އުމުރުގައި ވެސް ބޮލުގައި ނުރަ ޖަހާ މީހުން ވަރަށް ގިނަ އެވެ. އަވަހަށް އިސްތަށިގަނޑު ނުރަވުމަކީ އާއިލީ ގޮތުން ވާރުތަވާ ވެސް ކަމެކެވެ.

ނުރަތައް ފޮރުވަން ގުދުރަތީ ފަރުވާއެއް
ނުރަތައް ފޮރުވަން ގުދުރަތީ ފަރުވާއެއް

އަހަރެމެންގެ ރީތި އިސްތަށިގަނޑަށް ރީތި ކަޅު ކުލަ އަންނަނީ މެލަނިން ކިޔާ ޕިގްމަންޓަކުންނެވެ. އެހެންކަމުން އަހަރެމެންގެ ހަށިގަނޑުން މެލަނިން މަދުވާ ވަރަކަށް އިސްތަށިގަނޑުގެ ކުލަ ހުދުވަމުން ދާނެ އެވެ.

ނުރަތައް ފޮރުވަން ގުދުރަތީ ފަރުވާއެއް
ނުރަތައް ފޮރުވަން ގުދުރަތީ ފަރުވާއެއް

އުމުރުން ދުވަސްވުމަކީ ނުރަވާން ދިމާވާ އެންމެ ބޮޑު ސަބަބެވެ. ނަމަވެސް ދިރިއުޅުމުގެ އާދަތައް ގެންގުޅެވޭ ގޮތުންނާއި ސްޓްރެސްގެ ސަބަބުން އަދި ސިއްހަތަށް ގެއްލުންވާ ޒާތުގެ ކާނާ މާގިނައިން ކެއުމަކީ ވެސް އަވަހަށް ނުރަ ޖަހަން މެދުވެރިވާ ކަންކަމެވެ. އަދި ނުރަ ޖެހުމަކީ ސިއްހީ މައްސަލައެއް ހަށިގަނޑުގައި އުޅޭ ކަމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ.

ޔަގީންވާ ކަމަކީ މިޒަމާނުގައި އަންހެނުންނާއި ފިރިހެނުންގެ ބޮލުގައި ވެސް ވަރަށް އަވަހަށް ނުރަ ޖަހާ ކަމެވެ.
ތިމާވެށި ތަޣައްޔަރުވެފައިވުމާއި ކެއުމުގައި ގެންގުޅޭ އާދަތަކުން ވެސް މިކަން މިގޮތަށް ދިމާވެ އެވެ.
ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މާ އަވަހަށް ބޮލުގައި ނުރަ ޖެހުމަކީ މީހާގެ ރީތި ސިފައަށް ލިބޭ އުނިކަމެކެވެ. މުސްކުޅިވައްތަރު ޖަހާ ކަމެކެވެ.

އެހެންކަމުން މިފަހަރު މި ގެނެސްދެނީ މިގޮތަށް އަވަހަށް ނުރަ ޖަހާ މީހުންނަށް އިސްތަށިގަނޑަށް ދެވިދާނެ ރަނގަޅު ފަރުވާއެކެވެ. ޚާއްސަ ހެއާ ޕެކް އެކެވެ.

މި ހެއާ ޕެކް ތައްޔާރުކުރުމަށް ބޭނުންވާނީ ހީނާ ފަތް، އާމްލާ ޕައުޑަރު، ކޮފީ ޕައުޑަރު އަދި ޔޯގަޓެވެ.
މި ޚާއްސަ ހެއާ ޕެކްގައި މި ހިމެނޭ މައިގަނޑު ބާވަތްތަކަކީ އޭގެ ގިނަ ގުނަ ފައިދާތައް ހަށިގަނޑަށް ކުރާނެ އެއްޗިއްސެވެ. މިސާލަކަށް ހީނާ ފަތަކީ އިސްތަށިގަނޑަށް ވަރަށް ގިނަ ފައިދާ ލިބޭ އެއްޗެއްކަން މާކުރިން ސުރެ ވެސް އެންމެން ދަނެ އެވެ.

އިސްތަށިގަނޑު ވަރުގަދަ ކުރުމަށާއި ކުލަ ރީތިކުރުމަށް ހީނާފަތް ބޭނުންކުރާތާ އެތައް ގަރުނެއް ވެއްޖެ އެވެ.
ހީނާފަތުގެ އެންމެ މުހިއްމު ސިފަޔަކީ އިސްތަށިގަނޑަށް ގެއްލުން ލިބޭ ކަހަލަ އެއްވެސް ކެމިކަލެއް އެކުލެވިފައިނުވާތީ އިސްތަށިތަކާއި އޭގެ ބުޑުތައް ވަރުގަދަކުރެވި ރައްކާތެރި ކުރެވޭތީ އެވެ.

އަދި މި ހެއާ ޕެކްގައި ހިމަނާފައިވާ ތަކެތީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ކާނާ ލިބި، އިސްތަށިތަކުގެ ތެތްކަން ވެސް ހިފެހެއްޓޭނެ އެވެ.

މި ހެއާ ޕެކް އަށް ބޭނުންވަނީ:-
ހީނާފަތް
3-4 ސައި ސަމުސާ އާމުލާ ޕައުޑަރު
1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރު
2 ސައިސަމުސާ ޕްލެއިން ޔޯގަޓް

އެންމެ ފުރަތަމަ ހީނާފަތްތައް ރަނގަޅަށް މުގުރާށެވެ. ރަނގަޅަށް ހިމުންވުމުން ދެން ހުރި ތިން ބާވަތް އަޅައި ޕޭސްޓްގަނޑެއް ތައްޔާރުކޮށްފައި ބޮލުގެ ނާށިގަނޑާ އެކު އިސްތަށިގަނޑުގައި ރަނގަޅަށް ހާކާށެވެ.
ޝަވާ ކެޕަކުން އިސްތަށިގަނޑު ރަނގަޅަށް ކަވަރުކުރާށެވެ. އަދި 20-25 މިނިޓް ވަންދެން ބެހެއްޓުމަށްފަހު އެހާ ބާރުގަދަ ނޫން ޝޭމްޕޫއަކުން ދޮވެލާށެވެ.

ފިހާރަތަކުން ގަންނަ އެކި ފާޑުގެ ކެމިކަލްތައް އަޅާފައި ހުންނަ ބާވަތްތައް އުނގުޅުމުގެ ބަދަލުގައި މި ހެއާ ޕެކް މާ ރަނގަޅުވާނެ އެވެ. އަދި މަހަކު ދެ ފަހަރަކު ނުވަތަ އެއްފަހަރު މި ހެއާ ޕެކް ބޭނުންކޮށްލުމުން އިސްތަށިގަނޑުން ނުރަތައް ފާޅުވާތީ އުޅޭކަށް ނުޖެހޭނެ އެވެ.