ދަރިފުޅަށް އެންމެ ފުރަތަމާ ކާންދޭނީ ކޯއްޗެއް؟
ދަރިފުޅަށް އެންމެ ފުރަތަމާ ކާންދޭނީ ކޯއްޗެއް؟

ތުއްތު ދަރިފުޅަށް ކާންދޭ އުމުރަށް ދިއުމުން، ފުރަތަމަ ކާންދޭނެ އެއްޗަކާ މެދު މައިންބަފައިން ވަރަށް ބޮޑަށް ފިކުރު ކުރެ އެވެ. އެ ވިސްނުމުގެ ތެރެއިން އެންމެ އާންމުކޮށް ފަށައިގަނެވެނީ ބަތާއި ދޮންކެޔޮ ފަދަ ބާވަތްތަކުންނެވެ. އެއީ ޗިސްކޮށްފައި، ދަރިފުޅަށް ކާން ދޭން ވެސް ފަސޭހަވުމުންނެވެ.

ދަރިފުޅަށް އެންމެ ފުރަތަމާ ކާންދޭނީ ކޯއްޗެއް؟
ދަރިފުޅަށް އެންމެ ފުރަތަމާ ކާންދޭނީ ކޯއްޗެއް؟

އެކަމަކު ފަހުގެ ފަހުގެ ދިރާސާއެއްގައި ބުނަނީ ހަ މަހުގައި ދަރިފުޅަށް ބަތާއި ދޮންކޭލުން ކާން ދޭން ފެށުމުގެ ބަދަލުގައި ތަރުކާރީގެ ބާވަތްތައް ފުރަތަމަ ދިނުން މާ ރަނގަޅު ކަމަށެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަނުން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ތުއްތު ދަރިފުޅަށް ކާންދޭން ފަށާއިރު، ބްރޮކޮލީ އާއި ކޯލިފްލާވާ އަދި ސްޕިނެޗް ފަދަ ބާވަތްތައް ދިނުމަކީ ސިއްހީ ގޮތުން މާ ފައިދާ ހުރި ކަމެކެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން އެފަދަ ބާވަތްތައް ފަހުން ދޭން މަޑުކޮށްފި ނަމަ، އެ ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންވެ ކާން ދޭން ފަށާތާ ކުރިކޮޅު އެ ބާވަތްތައް ދިނުން ބުއްދިވެރި ކަމަށް ބުނެފައިވެ އެވެ.

ދިރާސާ ޓީމްގައި ހިމެނޭ ޑރ. ކްލެއާ ލެވެލީން އާއި ޑރ. ހާލީ ސައިރެޑް ވިދާޅުވި ގޮތުގައި މޭވާގެ ބޭވަތްތައް އާންމުކޮށް ދޭން ފަށައި ނަމަ، ތަރުކާރީ ފަހުން ދިނުމަކީ މައިންބަފައިންނަށް ވަރަށް ހިތްދަތި އަދި އުނދަގޫ ތަޖުރިބާތަކެއް ކުރަން ޖެހިދާނެ ކަމެކެވެ.

"އެކަމަކު މީގެ މާނައަކީ އެއްގޮތަކަށް ވެސް މޭވާގެ ބާވަތްތައް ނުދޭށެކޭ ނޫން. މުހިއްމު ކަމަކީ ފޮނި މޭވާތަކުން ދަރިފުޅަށް ކާން ދޭން ފެށުމަށް ވުރެ، ކުޑަކޮށް ހިތި ކަމެއް ނުވަތަ ހުތް ކަމެއް ހުންނަ ތަރުކާރީގެ ބާވަތްތައް ދިނުމަކީ ފަހުން އެހެން ބާވަތްތައް ކާން ދަރިފުޅަށް މަގުފަހި ކުރުވާނެ ކަމެކޭ،" ޑރ. ކްލެއާ ވިދާޅުވި އެވެ.