ކޮންމެ ދުވަހަކު ފޮޓޯ ނެގުމަކީ އެކަނިވެރިކަން ފިލުވައިދޭ ކަމެއް
ކޮންމެ ދުވަހަކު ފޮޓޯ ނެގުމަކީ އެކަނިވެރިކަން ފިލުވައިދޭ ކަމެއް

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ކޮންމެ ދުވަހަކު ފޮޓޯ ނެގުމަކީ މީހާގެ އެކަނިވެރިކަން ފިލުވައި ދޭނެ ކަމެކެވެ.

ކޮންމެ ދުވަހަކު ފޮޓޯ ނެގުމަކީ އެކަނިވެރިކަން ފިލުވައިދޭ ކަމެއް
ކޮންމެ ދުވަހަކު ފޮޓޯ ނެގުމަކީ އެކަނިވެރިކަން ފިލުވައިދޭ ކަމެއް

އިނގިރޭސިވިލާތުގެ ލެންކަސްޓާ ޔުނިވަސިޓީ އާއި ޝެފީލްޑް ޔުނިވަސިޓީ ގުޅިގެން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ފޮޓޯ ނެގުމަކީ އެހެން މީހުންނާ މުއާމަލާތް ކުރަން މަގުފަހިވެ، މީހާގެ އިޖުތިމާއީ ގުޅުން ވެސް ވަރުގަދަކޮށް ދިނުމަށް ބާރު އަޅާ ކަމެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހަކު އާދަކޮށް ފޮޓޯ ނަގަން އުޅުމަކީ މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، އެހެން މީހުންނާ މުއާމަލާމަތްކޮށް ގުޅުން ބަދަހި ކުރަން މަގުފަހި ކުރުވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ވާހަކަތައް ހިއްސާކުރަން ފުރުސަތު ލިބި، ސިކުނޑީގައި އެނބުރޭ އުދާސްތަކުން މީހާ ދުރުކޮށްދެ އެވެ.

ހަމައެއާ އެކު ފޮޓޯ ނެގުމަކީ މީހާގެ އުފެއްދުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށާއި އެހެން މީހުން ކަންކަމާ ދޭތެރޭ ދެކޭ ގޮތަށް ވުރެ ފުންކޮށް، ވިސްނައި ފިކުރު ކުރަން ފޮޓޯ ނެގުމުން އެހީއަކަށްވާ ކަމަށް ހެލްތު ޖާނަލް ޝާއިއުކޮށްފައިވާ ދިރާސާގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ތިމާ ނަގާ ފޮޓޯތަކަށް އެހެން މީހުން ކޮމެންޓްކޮށް، ފާޑު ކިޔުމަކީ މަސައްކަތް އިތުރަށް ތަރައްގީ ކުރަން ބާރު އަޅާ ކަމެކެވެ. އަދި އެއީ ހިތްވަރަކަށްވެ އެވެ.