02 މެއި 2018 - 06:40

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް "ހެޔޮ ހާލުގައި ދުނިޔޭގައި" އެބަހުރި ކަމަށް ބުނެ އިސްޓަގްރާމްގައި ވީޑީއޯ މެސެޖެއް އާންމުކޮށްފި އެވެ.
އުމުރުން 70 އަހަރުގެ ބަތަލާ މި ވަގުތު ހުރީ ހަގު އަންހެން ދަރިފުޅު ތާނިއާ މަދްވާނީއާ އެކު ޗުއްޓީއެއްގައި އިޓަލީގަ އެވެ. މަންމަ މަރުވެއްޖެ ކަމަށް ބުނެ އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން ތާނިޔާ ވެސް ވަނީ ވީޑިއޯ މެސެޖަކުން އެކަން ދޮގުކޮށްފަ އެވެ. އަދި އެފަދަ ވާހަކަތައް ގަބޫލު ނުކުރަން ފޭނުންގެ ކިބައިން އެދިފައިވެ އެވެ.
މުމްތާޒްގެ ދޮށީ އަންހެން ދަރިފުޅު ނަތާޝާއަކީ މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ފަރްދީން ހާންގެ އަންހެނުންނެވެ.
އިނގިރޭސިވިލާތުގެ ރަށްވެއްސެއްގެ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުން އަންނަ މުމްތާޒް ބުނީ އޭނާ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި ހެޔޮހާލުގައި ހުރި ކަމަށެވެ. އެހެންވެ ކަންބޮނުވުމަށް ވީޑިއޯގައި އެދިފައިވެ އެވެ.
މުމްތާޒަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި އަދި އެ ޒަމާނުގެ އެންމެ ސްޓައިލިޝް އެއް ބަތަލާ އެވެ. ވަރަށް ޅަ އުމުރުގައި ފިލްމް ކުޅެން ފެށި ބަތަލާ ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ދޯ ރާސްތޭ (1969)، ކިލޯނާ (1970)، މޭލާ (1971) އަދި ރޫޕް ތެރާ މަސްތާނާ (1972) ހިމެނެ އެވެ.
މުމްތާޒް އެންމެ ފަހުން ކުޅުނު ފިލްމަކީ އާންދިޔާން (1990) އެވެ.