މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި
މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މިއުނިކް (ޖުލައި 23) - ޖަރުމަނުގެ މިއުނިކުގެ ޝޮޕިން މޯލެއްގައި މިރޭ ބަޑިން ހަމަލާދީ ނުވަ މީހުން މަރާލި ހާދިސާ އަށް ފަހު އެ ހަމަލާގައި ބައިވެރިވި މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ޖަރުމަން ފުލުހުން ފަށައިފި އެވެ.

މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި
މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ހަމަލާގައި މަރުވި އެކަކަކީ ބަޑި ޖެހުމުގައި ބައިވެރިވި މީހެއްތޯ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. މިއުނިކުގެ އޮލިމްޕިއާ މޯލުގައި ބަޑީގެ ހަމަލާ ދިނުމަށް ފަހު، ހަމަލާ ދިން މީހުން ވަނީ ފިލައިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބަޑި ހިފައިގެން ތިބި ތިން މީހަކު ވަނީ ފެނިފަ އެވެ. އާއްމު ތަންތަނަށް މީހުން އިއްވެ ނޫޅުމަށް ފުލުހުން މިހާރު ވަނީ އިލްތިމާސް ކޮށްފަ އެވެ. ހަމަލާ ދިން ހުޅަނގު އުތުރުގެ އާއްމު ދަތުރު ފަތުރުގެ ޚިދުމަތް ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި
މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ފުލުހުން ބުނީ މިއީ "ޓެރަރިޒަމްގެ ހާލަތުގެ ވަގުތެއް" ކަމަށެވެ. ދަތުރު ފަތުރު މެދުކަނޑާލުމުން ދުރު ހިސާބުތަކަށް ނުދެވި ތިބި މީހުންނަށް އެ ހިސާބުގެ އާއްމުންދަނީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި
މިއުނިކުގައި ބަޑިން ހަމަލާ ދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ހަމަލާ ދިން މިއުނިކުގެ މަތީގައި ފުލުހުންގެ ހެލިކޮޕްޓަރުތައް އުދުހެމުންދާ އިރު ފުލުހުންގެ ޚާއްސަ ޔުނިޓުތަކުން މިހާރު ވަނީ މިއުނިކުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. އެލީޓް ބޯޑާ ސެކިއުރިޓީ ޔުނިޓެއް ވެސް މިއުނިކަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އަވަށްޓެރި ޗެކް ރިޕަބްލިކުން ވެސް މިހާރު ވަނީ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.

ޖަރުމަނުގެ ބަވޭރިއަން ސަރަހައްދުގައި ރޭލެއްގައި އަފްޣާނިސްތާނުގެ ރެފިއުޖީ ކުއްޖަކު ކޯރާޑިއަކުން ހޯމަ ދުވަހު ހަމަލާދީ ފަސް މީހުން ޒަޚަމްކޮށްލި ހާދިސާ އަށް ފަހު ޖަރުމަނު ފުލުހުން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ. ކޯރާޑިން ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ފަހުން އުފުލައިފަ އެވެ.

މިއުނިކު ފުލުހުން ބުނީ ޝޮޕިން މޯލުގައި ހަމަލާ ދިން މީހުން ނިސްބަތްވަނީ ކޮން ތަނަކަށް ކަމެއް އަދި ނޭނގޭ ކަމަށެވެ.