ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 46.6 މިލިއަންގެ ފައިދާއެއް
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 46.6 މިލިއަންގެ ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ 46.6 މިލިއަން ރުފިޔާ އަށް އިތުރުވެއްޖެ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 44.4 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 2.02 ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން މިދިޔަ ކުއާޓަރުގައި ވިޔަފާރި ކުރުމަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އެ ހަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި ވިޔަފާރީގެ ފައިދާ އިން ޓެކްސްގެ ގޮތުގައި 10.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.

މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 41.37ރ. އެވެ.