30 އެޕްރީލް 2018 - 14:44

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ނޫސްވެރިޔާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާގެ އިތުރުން އިތުރު މީހަކު ވެސް އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ކަމަށް ވަނީ އެނގިފަ އެވެ. އެ ދެ މީހުން ވެސް ހައްޔަރުކުރީ ހުޅުމާލޭގެ ފެރީއަކުން ކަމަށް ވެ އެވެ.
ހައްޔަރުކުރި ދެ ވަނަ މީހަކީ ވެސް ނޫސްވެރިކަމުގެ ދާއިރާގައި ކުރިން ހަރަކާތްތެރިވި މީހެއް ކަމަށް ވަނީ އެނގިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.