01 މެއި 2018 - 06:25

ކުރާ ކޮންމެ ކަމެއްގެ އެންމެ ގާތް އެކުވެރިޔަކީ ސްމާޓްފޯނެވެ. ކަސްރަތަށް ދުވަން ނުކުތަސް ބައިސްކަލުގައި ކަސްރަތުކުރަން އުޅުނަސް ފޯނާ އެކަހެރިވާކަށް ބޭނުމެއް ނުވެއެވެ. މި ސަބަބަށްޓަކައި އިޓަލީ ބަޔަކު އުފެއްދީ "ޔޫބައިކް މެގްނެޓިކް ބައިކް މައުންޓް" އެވެ.
ޔޫރަންގެ ނަމުގައި ހެދި، އުޅަނބޮށިން މަތީގައި އަޅުވާ ފޯނު ކަވަރުގެ ކާމިޔާބީއަށް ފަހު އުފެއްދި ޔޫބައިކްގެ ބޭނުމަކީ ރައްކާތެރިކަމާއެކު ފޯނާއި ކެމެރާ އާއި ބައްތި ހަރުކޮށްދިނުމެވެ. ބައިސްކަލު ހުންގާނުގައި ހަރުކުރެވޭ ގޮތަށް އުފައްދާފައިވާ ޔޫބައިކް ހަރުގައި ފޯނު އަޅުވަން ހުންނަނީ ދަގަތްފާނުގެ ބާރުންނެވެ. ކިތަންމެ އަޑިގުޑަންތަކާއި އޮށްގާ ގިނަ މަގަކުން ދުއްވިޔަސް ފޯނު ވެއްޓުނަ ނުދޭނެކަން ކަށަވަރެވެ.
ޔޫބައިކް ހަރުގައި ފޯނާއި ބައްތި އާއި ކެމެރާ ހަރުކުރެވޭ ގޮތަށް ޔޫރަން ވެސް އަޅުވާލެވެއެވެ. ޔޫރަން ފަރުމާކޮށްފައިވަނީ ފެން ނުވަންނާނެހެންނެވެ. ދުވާއިރު އުޅަނބޮށިން މަތީގައި އަޅުވާފައިވާ ޔޫރަންގައި ބާރުގަދަ ދަގަތްފާނުގެ އެހީގައި އެއްވެސް ފިކުރެއް ނެތި ސްމާޓްފޯނު ހަރުކޮށްލަންވީއެވެ. ކަސްރަތުގެ ދެވަނަ ބައިގައި ދުއްވަނީ ބައިސްކަލު ކަމަށްވަންޏާ ބައިސްކަލު ހުންގާނުގައި ހުންނަ ޔޫބައިކް ހަރުގައި ޔޫރަން ތަތްކޮށްލައިގެން ކަސްރަތު ޕްރޮގްރާމް ކުރިއަށްގެންދަންވީއެވެ.