ލޮނުމެދުގެ ފައިދާތައް ގިނަ
ލޮނުމެދުގެ ފައިދާތައް ގިނަ

ލޮނުމެދުގައި ހުންނަ ގަދަ ރަހަގަނޑާ ހެދި އެއީ ބައެއް މީހުންނަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. އެކަމަކު މިއީ ސިއްހީ ގޮތުން ބަލާއިރު ދޫކޮށްލެވެން ނެތް އެއްޗެކެވެ.

ލޮނުމެދުގެ ފައިދާތައް ގިނަ
ލޮނުމެދުގެ ފައިދާތައް ގިނަ

ދިރާސާތަކުން ކުރިން ވެސް ދައްކާފައިވާ ގޮތުގައި ލޮނުމެދަކީ ބައެއް ވައްތަރުތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީވާ އެއްޗެކެވެ. ހަށިގަނޑުގެ ހަމާއި ކަށްޓާއި އަދި މަސްތައް ދުޅަހެޔޮ ކަމަށް ބާރު އަޅާ މިނެރެލެއް ކަމަށްވާ ސަލްފާ ވެސް ލޮނުމެދުގައި މަތީ މިންވަރަކަށް އެކުލެވިގެންވާތީ، މީގެ ސަބަބުން ކުރާ ފައިދާތައް ގިނަ އެވެ.

އިނގިރޭސިވިލާތުގެ ނޮޓިމްހަމް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ލޮނުމެދަކީ ކެންސަރުން ރައްކާތެރިކޮށް ދިނުމުގެ އިތުރަށް ހިތުގެ ތަފާތު ބަލިތަކާއި ޓައިޕް 2 ޑައިބެޓީޒް އިން ވެސް ރައްކާތެރިކޮށްދޭން އެހީވާ އެއްޗެކެވެ. އެހެންވެ ކެއުމުގައި އާދަކޮށް ލޮނުމެދު ބޭނުން ކުރަން ސިއްހީ ތަޖުރިބާކާރުން ވެސް އިރުޝާދު ދެ އެވެ.

ޓްރެންޑްސް އިން ފާމަކޮލޮޖިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުން ލޮނުމެދު ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް، އޭގެ ފައިދާތައް ލިއްބައިދޭނެ އެވެ. ލޮނުމެދު އާންމުކޮށް ބޭނުންކުރަނީ ކުޅިކޮށް ތައްޔާރުކުރާ ކާނާތަކުގަ އެވެ. ކޮންމެ ގޮތަކަށް ބޭނުންކުރި ކަމުގައި ވިޔަސް ލޮނުމެދު މުހިންމެވެ.