30 އެޕްރީލް 2018 - 06:36

ކޮމްޕިޔުޓަރުގައި ރައްކާކުރާ ކަހަލަ ފޮޓޯތަކާއި ލިޔެކިޔުންތަކާއި ވީޑިޔޯތަކާއި ފޮޓޯ ފަދަ އެއްޗިއްސަކީ ކޮމްޕިއުޓަރު އެންމެ މީހަކަށް ދޭއިރު ފޮހެލާ އެއްޗިއްސެވެ. މިކަމަށް ސަމާލު ނުވުމުން ބޮޑެތި ބޮނޑި ލިބިފައި އެބަހުއްޓެވެ.
ބައެއް މީހުން ލަފާދެނީ ކޮމްޕިޔުޓަރެއް ދޫކޮށްލާ ނަމަ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައި ނޫނީ އެއްލައި ވެސް ނުލުމަށެވެ. ނަމަވެސް މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ރަތްކުލައިގެ ތަޅުދަނޑިއަކުން މިކަމަށް ހައްލެއް ހޯދައިފި އެވެ.
ރެޑްކީ ޔޫއެސްބީ އަކީ ކޮމްޕިޔުޓަރުގައިވާ މައުލޫމާތު ފޮހެދޭ އާލާތެކެވެ. ބަލާބެލުމަށް އާދައިގެ ތަޅުދަނޑިއަކާ ވައްތަރުވިޔަސް ޔޫއެސްބީ ޕޯޓަކަށް ޖަހާލުމަށްފަހު ކޮމްޕިޔުޓަރު ހުޅުވާލުމުން އޭގައިވާ ހުރިހާ މައުލޫމާތެއް ކަހާލައި ހުސްކޮށްލައެވެ. ހުސްވެއްޖެކަން ސްކްރީނުން ފެންނާނެއެވެ. ސްކްރީން ހަލާކުވެ ނުފެންނަ ވަރު ވެފައި ހުއްޓަސް މައްސަލައެއް ނެތެވެ. ކޮމްޕިއުޓަރުގައި ހުރި ހުރިހާ މައުލޫމާތެއް ނައްތާލެވިއްޖެކަން އަންގައިދޭ އަޑުތަކެއް އިވޭނެއެވެ.
ކޮމްޕިޔުޓަރުގައިވާ ހުރިހާ މައުލޫމާތެއް ފޮހެލައިދޭ މި ތަޅުދަނޑިއަކީ ހުރިހާ ބާވަތެއްގެ ކޮމްޕިޔުޓަރާއި ލެޕްޓޮޕްގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ފިތްތައް މަދުވެފައި ހުއްޓަސް، ސަލާމަތުން އޮތް ޔޫއެސްބީ ޕޯޓެއް އިނިއްޔާ އެ ނިމުނީއެވެ. ޓެކްނޮލޮޖީގެ މާބޮޑު އިލްމެއް ނެތަސް ރެޑްކީ ޔޫއެސްބީ ބޭނުންކުރަން އެނގޭނެއެވެ.