މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފި
މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފި

ކުއާލަ ލަމްޕޫރު (އެޕްރީލް 28) - އަންމަ މަހު 9 ވަނަ ދުވަހު ބާއްވާ މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން މިއަދު ފަށައިފި އެވެ.

މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފި
މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފި

ކެންޑިޑޭޓުން ރަޖިސްޓްރީ ކުރަން ފެށުމާ އެކު ސަޕޯޓަރުން ވަނީ ދިދަތަކާ އެކު މަގުތަކަށް ނުކުމެފަ އެވެ. އިންތިޚާބަށް ކެމްޕޭން ކުރަން ދީފައި ވަނީ 11 ދުވަހެވެ.

މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފި
މެލޭޝިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފި

ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަނެވެ. އެ ބޭންކުން ވަނީ އެތައް މިލިއަން ޑޮލަރެއް ވަގަށް ނަގައިފަ އެވެ. އަދި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ނުކުންނެވުމަކީ ވެސް ނަޖީބަށް ކުރިމަތިވާނެ އިތުރު ހުރަހެއް ކަމަށްވެ އެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އެހާ ބަދަހި ގުޅުމެއް ނެތުމުން ނަޖީބު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނަޖީބު ވަނީ ޕަހަންގް ސްޓޭޓުގެ ޕެކަން ދާއިރާ އަށް ރަޖިސްޓްރީ ކުރައްވައިފަ އެވެ. އެ ދާއިރާގެ ގޮނޑި ނަޖީބު ގެންދަވަނީ 1976 ވަނަ އަހަރުން ފެށިގެން ފުރުއްވަމުންނެވެ. މެލޭޝިއާގައި 22 އަހަރު ބޮޑު ވަޒީރުކަން ކުރެއްވި އުމުރުން 92 އަހަރުގެ މަހާތިރު ވަނީ ހުޅަނގުއުތުރުގެ ލަންކާވީ އަށް ވަޑައިގެން ލޯކަލް ގަވަރްމަންޓް އޮފީހުގައި ކެންޑިޑެސީ ރަޖިސްޓްރީ ކުރައްވައިފަ އެވެ.