ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ އެންމެ ރަަނގަޅު މުވައްޒަފަކަށް ޕްރޮޕަޓީސް ޔުނިޓުގެ މޫސާ މުހައްމަދު ރޭ ހޮވައިފި އެވެ.

ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު

އޭނާ އަށް "އެންޕްލޯޔީ އޮފް ދަ އިޔާ" އެވޯޑް ހަވާލުކުރީ ދަރުބާރުގޭގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، ސީއީއޯ އެންޑްރޫ ހީލީ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ތަފާތު ދާއިރާތަކުން، ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ގިނަ މުވައްޒަފުންތަކެއްގެ އަގު ވަޒަން ކޮށް، އެވޯޑް ދީފަ އެވެ.

ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު

ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ލީޑަރަކަށް ހޮވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުޝާމް ސައީދެވެ. އެންމެ ރަނގަޅަށް މަސައްކަތް ކުރި ފަރާތަކަށް ސީއީއޯ ދެއްވާ އެވޯޑް ހާސިލްކުރީ ސްޓެޓީޖިކް ޕްލޭނިން އެންޑް ޗޭންޖުގެ މޫސާ މުންސިފް މުހައްމަދު އަދި ކްރެޑިޓް ޑިވިޝަނުންނެވެ. އަދި ޕީޕަލް އެންޑް ޗޭންޖުގެ ސަހާ ވަހީދު ވަނީ އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑް ހޯދާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވީ، ބީއެމްއެލްގެ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ބައެއް ކަމަށެވެ. އަދި ބޭންކުގެ ކާމިޔާބީގެ ފަހަތުގައި ތިބީ ވެސް އެ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ކިޔަން. އަދި ބޭންކުގެ ހުރިހާ މުވައްޒަފުން ކުރަމުން ގެންދާ މިންނަތް މަސައްކަތަށާއި ބަހައްޓާ ފަރުވާތެރި ކަމަށް ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރަން." އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ ވަރަށް މުހިންމު ރަސްމިއްޔާތެެކެވެ. އަދި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަ ބްރޭންޑް އެވޯޑް" މި ދިޔަ އަހަރު ބޭންކަށް ލިބުނުކަން އެންޑްރޫ ފާހަގަ ކުރެއްވި އެވެ.