ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް
ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް

ޕަންމުންޖޮން (އެޕްރީލް 27) - ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ހަދަން ނޯތު ކޮރެއާ އާއި ސައުތު ކޮރެއާގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.

ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް
ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ބޭއްވި ތާރީޚީ ސަމިޓަށް ފަހު ނެރުނު ބަޔާނުގައި ވަނީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުމަކަށް ގެނައި އެއްބަސްވުން މި އަހަރު ތެރޭ ސުލްހައިގެ މުއާހަދާއަކަށް ހަދާނެ ކަމަށް ބުނެފަ އެވެ.

ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް
ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް

ދެ ކޮރެއާއާ ގުޅޭ ބޯޑަރުގައި ބޭއްވި ސަމިޓަށް ފަހު ކިމް ވިދާޅުވީ މާޒީގައި ކުރި ހިތި ތަޖްރިބާތައް ތަކްރާރު ނުކުރަން ދެ ކޮރެއާ އިން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް
ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް

"ވޭން ތަހައްމަލް ނުކޮށް ކާމިޔާބެއް ނުހޯދޭނެ،" ކިމް ވިދާޅުވި އެވެ.

ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް
ނިއުކްލިއާ ހަތިޔާރު ނެތްތަނަކަށް ހަދަން ދެ ކޮރެއާގެ ވެރިން އެއްބަސް

* ދެ ގައުމުން ވެސް އަދާވާތްތެރިކަމުގެ އަމަލުތައް ހުއްޓާލުން

* ދެ ގައުމު ބައިކުރާ ޑެމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) އަކީ "ސުލްހައިގެ ޒޯނަކަށް" ބަދަލު ކުރުން

* ސަރަހައްދުން ހަތިޔާރު މަދުކުރުން

* ޗައިނާ އާއި އެމެރިކާ ހިމަނައިގެން މަޝްވަރާތައް ބޭއްވުމަށް ބާރު އެޅުން

* ކޮރެއާ ހަނގުރާމައިގައި ވަކިވެފައިވާ އާއިލާތައް އަލުން ބައްދަލު ކުރާނެ އިންތިޒާމް ހަމަޖެއްސުން

* ބޯޑަރު ސަރަހައްދުގެ މަގުތަކާއި ރޭލްވޭ ތަރައްގީ ކުރުން

* ކުޅިވަރު ހަރަކާތްތަކުގައި ދެ ކޮރެއާ ގުޅިގެން ބައިވެރިވުން

ދެ ކޮރެއާގެ ވެރިންގެ ސަމިޓް އޮނަ ގާޑަކާ އެކު ބާއްވާފައި ވަނީ ސައުތު ކޮރެއާގެ ސަރަހައްދުގަ އެވެ. ސަމިޓް ބޭއްވީ ދެ ކޮރެއާ ގުޅޭ ޑީއެމްޒެޑްގައި އޮންނަ ޕަންމުންޖޮމް އަވަށުގެ ޕީސް ހައުސްގަ އެވެ.

ދެ ކޮރެއާގެ ވެރިން ވެސް ވަނީ ބޯޑަރު ހުރަސް ކުރައްވާ އެއްގައުމު އަނެއް ގައުމަށް ވަދެވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. ބޯޑަރު ހުރަސް ކުރެއްވި އިރު ދެ ގައުމުގެ ވެރިން ތިއްބެވީ އަތުގުޅުވާ ލައްވައިގެންނެވެ. ކިމް އަކީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ސައުތު ކޮރެއާ އަށް ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރެވެ.

މެންދުރަށް މެދުކަނޑާލުމަށް ފަހު ފަރިއްކޮޅަށް ކިމް ވަޑައިގެންނެވީ ނޯތު ކޮރެއާވީ ފަޅިއަށެވެ. އޭގެ ފަހުން ވަނީ ގަހެއް އިންދަވައި "ސުލްހައިގެ ރަމްޒީ މެސެޖެއް" އިފްތިތާހު ކޮށްދެއްވައިފަ އެވެ.

ސަމިޓަށް ފަހު ރަސްމީ ފަރިއްކޮޅު އޮންނާނީ ސައުތު ކޮރެއާވީ ފަޅީގަ އެވެ. ކިމް އަށް ފަރިއްކޮޅަށް އަރުވާނީ ސްވިސް ޕޮޓޭޓޯ ޑިޝްއެކެވެ. ދެން ނޯތު ކޮރެއާގެ މަޝްހޫރު ކޯލްޑް ނޫޑްލްސް އެވެ.