22 ޖުލައި 2016 - 08:09

ބާސެލޯނާ (ޖުލައި 22) - ސްޕެއިނުގެ ވެލެންސިއާގެ ޕޯޗުގަލް މިޑްފީލްޑަރު އަންދްރޭ ގޯމޭސް ގަންނަން ބާސެލޯނާ އިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން އުމުރުން 22 އަހަރުގެ ގޯމޭސް ގަންނަނީ 45 މިލިއަން ޕައުންޑުގެ އަގަކަށެވެ.
ޕޯޗުގަލްގެ ބެންފީކާ އިން ފާހަގަވި ކުޅުންތެރިޔާ ވަނީ ވެލެންސިއާ އަށް ފާއިތުވި ދެ ސީޒަނުގައި 77 މެޗު ކުޅެދީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އަކީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
ރެއާލް މެޑްރިޑުން ވެސް ޝައުގުވެރިވި މި ކުޅުންތެރިޔަކީ އާ ސީޒަނަށް ބާސެލޯނާއާ ގުޅުނު ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ތިން ކުޅުންތެރިންނަކީ ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޑެނިސް ސުއަރޭޒާއި ފްރާންސުގެ ދެ ޑިފެންޑަރުން ކަމަށްވާ ސެމުއެލް އުމްޓިޓީ އަދި ލޫކާސް ޑިގްނޭ އެވެ.