ބެޓެރިން ދުއްވާ ބޯޑެއް
ބެޓެރިން ދުއްވާ ބޯޑެއް

މިއީ ރާއްޖެ ކަހަލަ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވަރަށް ކަމުދާނެ އުފެއްދުމަކަށް ވެދާނެ އެވެ. މިއީ ބެޓެރިން ދުއްވާ ބޯޑެކެވެ.

"ސުޕަޖެޓް އިލެކްޓްރިކް ސްޓޭންޑް އަޕް ޕެޑްލްބޯޑް" ގައި ފިތަކަށް ފިތާލުމުން، ކަނދުގެ ބުޑުގައިވާ މޯޓަރު ޖެހެއެވެ. އަދި ކޮޅަށްހުރެ ފަލި ޖެހިޔަސް ހެޔޮވަރު ދުވެއްޔެއްގައި ދުއްވަމުންދެއެވެ. ގަޑިއަކު ފަސް މޭލު ކަޑައްތުކުރެއެވެ. މީގެ ބެޓެރިން، ނުހުއްޓި ދޮޅުގަޑިއިރު ދުއްވޭނެ އެވެ.

ސުޕްޖެޓް ފަރުމާކޮށްފައިވަނީ އަރާމު ދުވެއްޔެއްގައި ދުއްވާ ގޮތަށެވެ. މީގެ މޯޓަރުގައިވާ ބުރަފަތި ހުންނަނީ މީހުންނަށް ގެއްލުމެއްވިޔަ ނުދޭން ރައްކާތެރިކޮށްފައެވެ. ޗާޖުކުރަންވުމުން ކަނދުން ބެޓެރީ ފޮށި ވަކިކޮށްލެވެއެވެ. މޫދަށްވުރެ މިއީ ކޯރު ފަދަ ތަންތަނުގައި ދުއްވާލަން ފަސޭހަ އެއްޗަަކަށް ވެދާނެ އެވެ.