26 އެޕްރީލް 2018 - 14:43

ޕެޕާ ސްޕްރޭ ޖަހައި މީހެއްގެ އަތުން މިލިއަނެއްހާ ރުފިޔާ އިއްޔެ ފޭރުނު މައްސަލާގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.
ވެސްޓަން ޔުނިއަން އާއި މަނީ އެކްސްޗޭންޖުގެ ގޮތްޕެއް ހިންގަމުން އަންނަ ވިޔަފާރިވެރިޔާގެ އަތުން ފައިސާ ފޭރުނީ، ފަރީދީ މަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮ ގޯޅިން އޯކިޑް މަގަށް ނުކުންނަނިކޮށް، ހަތަރު މީހުންގެ ގުރޫޕަކުން ޕެޕާ ސްޕްރޭ ޖެހުމަށްފަހު އެވެ. އިއްޔެ ފޭރުނީ މަނީ އެކްސްޗޭންޖުގެ ފައިސާތަކެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާތަކުގެ ތެރެއިން އެއްވެސް ވަރެއް ފުލުހުންނަށް އަދި ހޯދިފައެއް ނުވެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓް) ގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފަ އެވެ. މި މަހުގެ ދެ ވަނަ ދުަވަހުގެ ރޭ ހިނގި އެ ހާދިސާގައި ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފަ އެވެ. އޭގެ ތެރޭގައި ނުވަ ލައްކަ އާއި 1.1 މިލިއަން ރުފިޔާއާ ދެމެދުގެ ފައިސާ ހުރި ކަމަށް ވެ އެވެ. އަދި 26،000 ޑޮލަރު ވެސް ހިމެނެ އެވެ،
އެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަން ވެސް އަދި ސާފެއް ނުވެ އެވެ.