ނަލަހިޔާ އިން ބޮޑެތި އިނާމުތަކާ އެކު 70 ޕަސެންޓަށް ޑިސްކައުންޓް
ނަލަހިޔާ އިން ބޮޑެތި އިނާމުތަކާ އެކު 70 ޕަސެންޓަށް ޑިސްކައުންޓް

ނަލަހިޔާ ޓްރޭޑިން އިން ރޯދަ މަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިމާރާތް ކުރަން ބޭނުންކުރާ ސާމާނުގެ ވިޔަފާރި ކުރާ އެ ފިހާރަ އިން ބުނީ މެއި މަހުގެ ނިޔަލަށް، ނަލަހިޔާ ޓްރޭޑިންގެ ހުރިހާ ފިހާރަތަކެއްގައި ވެސް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޕަވާ ޓޫލްސް އާއި ބިއްލޫރި އަދި އެލްމެނިއަމް، އެސްލޯނު ހޮޅި އަދި ފިޓިންގްސް، ރޫފިން، ސްޓީލް، ލަކުޑި އަދި ތަށިމުށި ފަދަ ގިނަ ސާމާނުތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ފިހާރަ އިން ބުންޏެވެ.

ޕްރޮމޯޝަނުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އެއް ވަނަ އިނާމެއްގެ ގޮތުގައި ދެ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓާ އެކު ނަލަހިޔާ ޓްރޭޑާސް އިން ވިޔަފާރި ކުރަން 15،000ރ.ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. ދެ ވަނަ އިނާމެއްގެ ގޮތުން ސެމްސަންގް އެސް9 ފޯނަަކާ އެކު ނަލަހިޔާ ޓްރޭޑާސް އިން ވިޔަފާރި ކުރަން 10،000ރ.ގެ ވައުޗަރެއް ލިބޭ އިރު، ތިން ވަނަ އިނާމަކަށް ހިޓާޗީ ޕަވަޓޫލްސްއާ އެކު ނަލަހިޔާ ޓްރޭޑާސް އިން ވިޔަފާރި ކުރަން 5،000ރ.ގެ ވައުޗަރެއް ލިބޭނެ އެވެ.

އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ކުންފުނިން ފަސް ފިހާރަ ހިންގާ އިރު މިހާރު ނަލަހިޔާގެ ހިދުމަތް ފުޅާކޮށް ހުޅުމާލޭގައި ވެސް ފިހާރައެއް ހިންގަ އެވެ.