އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

ހާއްސަ ދުއާއަކަށް ފަހު ޖަލްސާ ނިންމާލައިފި. ސިޔާސީ އެކި ޕާޓީތަކުން ޖުމްލަ 13 ބޭފުޅަކު ވާހަކަ ދެއްކެވި އިރު، ޖަލްސާ ތިން ގަޑިއިރަށް ދެމިގެން ދިޔަ. ގޮނޑި ޖެހުމުގެ ހުއްދަ ލިބިފައި ނުވާތީ ހުރިހާ އެންމެން ވެސް ތިބީ ކޮޅަށް.

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: މި އަނިޔާވެރި ވެރިކަން ވައްޓާލަން ޖެހޭ. އަޒުލްކުރަން ޖެހޭ. ބަދަލުކުރަން ޖެހޭ.

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުން، އަދި ރައީސް މައުމޫން ވެސް ވިދާޅުވެއްޖެ މި ރައީސް ގޯހޭ.

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: ދެން އަންނަން އޮތް ސަރުކާރަކަށް ވެސް އޮތީ ހަލާކުވަމުންދާ ކުންފުނިތަކަށް ފައިސާ ޕަންޕު ކުރުމުގެ މަސައްކަތް. އެތަންތަން ދޮވެލައިފި

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: ގާނޫނާ ހިލާފުވާ ފުލުހުންނާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. އެ މީހުން އަޅުގަނޑުމެން ޓްރޭސްކުރާނަން. އެ މަޅީގައި ފުލުހުން ނުޖެހޭތި. މި ވެރިކަން ވައްޓާލާނަން. ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރެވޭނެ.

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: ރާއްޖެ އަކީ މިހާރު މާލިމީއެއް ނެތް ތަނެއް. މިސްރާބެއް ނެތް ތަނެއް. އެހެންވީމަ އެކަން ރަނގަޅުކުރަންް އެބަ ޖެހޭ

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: ހުމާމްގެ މައްސަލާގައި މިހާރު އަޅުގަނޑުމެންނަށް ފެންނަން އެބައޮތް 50 ސޮފްހާގެ ރިޕޯޓެއް. މި ރިޕޯޓް ރައްޔިތުންނަށް ދޫކޮށްލައިފިއްޔާ އެއީ ހެކި ނައްތާލެވިދާނެ ކަމަކަށް ވާތީ އެކަމެއް ކުރެވޭކަށް ނެތް. އެކަމަކު ހައްޔަރުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. މިއީ ސަބްްކޮންޓްރެކްޓަކަށް ހުމާމް ކޮށްފައި އޮތް ކަމެއް.

އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު
އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އަލީ ވަހީދު: ސިފައިންނާއި ފުލުހުންނަށް ސަމާލުކަން ހޯދަން "ހާދަރު" ނަމުގައި ފިލްމު ކުޅުމުގެ ބޭނުމެއް ނެތް. ކުރަންވީ ކަމަކީ ސަރުކާރު ވައްޓާލުން. ހަވީރު ގެއްލިއްޖެ. ވޯޓު ލުމުގެ ހައްގު ގެއްލިއްޖެ. ބަސް ބުނުމުގެ ހައްގު ގެއްލިއްޖެ.

އަލީ ވަހީދު ވާހަކަ ދައްކަވަނީ (ވީޑީއޯ މެދުވެރިކޮށް)

މަހުލޫފު: އަޅުގަނޑު މިނިވަން ވެގެން އެނބުރި އަންނަންވާއިރަށް ވެރިކަން ނިމިގެން ދާނެ. މާދަމާ ރެއިން ފެށިގެން ފަށާ މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވާން އެންމެންނަށް އަޅުގަނޑުމެން ގޮވާލަން.

މަހުލޫފު: މިރެއިން ފެށިގެން އަޅުގަނޑުމެން މަގުމަތީ ހަރަކާތްތައް ހިނގާނެ.

މަހުލޫފު: އަޅުގަނޑުމެން ކުރާ މި މަސައްކަތަކީ އެންމެންނަށް އިންސާފުން ކަންކަން ކުރާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތެއް

މަހުލޫފު: ކާނަލް ނާޒިމް ޖަލަށް ލީމަ އޭނާގެ އާއިލާ އިން ކެތްތެރިކަމާ އެކު ތިއްބެވިޔަސް، ޝެއިޚު އިމްރާންގެ އާއިލާ ކެތްތެރިކަމާ އެކު ތިއްބެވިޔަސް އަޅުގަނޑުގެ އާއިލާ އެހެން ނުތިބެދާނެ.

މަހުލޫފު: އަޅުގަނޑުމެންނާ ފުލުހުންނާ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ބައެއް ފުލުހުން މި ސަރުކާރުގެ ނުރަނގަޅު ކަންތައްތަކުގައި އެބަ ބައިވެރިވޭ. އަޅުގަނޑު ގޮވާލާނީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވާާށޭ.

މަހުލުފު: މި ގައުމުގެ ޖުޑީޝަރީއަކީ މި ގައުމުގެ ވެރިކަން ކުރާ ޕާޓީ އަށް ތާއީދުކުރީމަ ހުކުމް ނުކޮށް އިދިކޮޅު މީހުންނަށް ހުކުމް ކުރާ ތަނަކަށް ވެގެން ނުވާނެ. ރިޝްވަތުގެ ހަރާން ހުކުމްތައް ނެރޭ ބަޔަކަށް ވެގެން ނުވާނެ.

މަހުލޫފު: މިކަހަލަ އެތަކެއް ހުކުމް އެބަހުރި. މި ވާހަކަތައް ދައްކަން ހެދީމަ ސުޕްރީމް ކޯޓުން ފާޑުފާޑުގެ ބަޔާންތައް ނެރުނަސް އަޅުގަނޑުމެން ބިރެއް ނުގަންނާނެ.

މަހުލޫފު: ޝެއިޚު އިމްރާން އެހެން ގޮތަކަށް ތެދުވާން ޖެހުނޭ ބުނީމަ އޭނަ ގެންގޮސް ޖަލަށް. ޝުމްބާ ގޮންްގް ޓްވީޓެއް ކޮށްގެން އަދިވެސް ޖަލުގައި.

މަހުލޫފު: ހިއްސާދާރުންގެ މެދުގައި ހަވީރުގައި ޖެހުނު މައްސަލާގައި ކުރި ހުކުމްގައި އެކަމާ ނުބެހޭ މުވައްޒަފުންތަކަކަށް ހުކުމް އަތުވެއްޖެ. ކުޑަ ކުއްޖަކު ވެސް ހީހީ ވަރުބަލިވާ ވަރުގެ ހުކުމެއް އެއީ. އެ މުވައްޒަފުންގެ ވަޒީފާ އަދާ ނުކުރެވޭ ގޮތަށް.

މަހުލޫފު: މިއަދު ޖަލުގައި މި ހުރީ ވަރަށް ދެރަވެފައި. އަނބިދަރިން ދޫކޮށް މިތާނގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އަޅުގަނޑު އެނބުރި އައިސް މިއަށް ވުރެ ވަރުގަދަ ކުރާނަން.

މަހުލޫފު: ޖުޑިޝަރީ އޮތީ ބޮއްސުން ލައިފައި. ހައްދުން ނެއްޓިފައި. ސީދާ ސަދޫމް ކޯޓުތަކެއް މިއީ.

މަހުލޫފު: އަޅުގަނޑަކީ ޔާމީން ވެރިކަމަށް ގެންނަން އެންމެ ބުރަ މަސައްކަތް ކުރި އެކަކު. އެކަމަކު އަޅުގަނޑު މިއަދު ވަނީ ޖަލަށް ލެވިފައި. ސަރުކާރަށް ތާއީދުކުރާ މީހުންނަށް ދަންނަވަން އޮތީ ވިސްނަވާށޭ. އަޅުގަނޑު މިިއީ އެކަން ތަޖުރިބާކުރި އެކަކޭ.

މަހުލޫފު: ޔާމީނަކީ އެއްވެސް މީހަކާ ގުޅިގެން މަސައްކަތް ކުރެވޭ ބޭފުޅެއް ނޫން. ޕީޕީއެމް މީހުން ވިސްނަން ޖެހޭ ކަމެއް މިއީ. އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ތިއްބެވީ ޖަލަށް ލައިފައި.

އަހުމަދު މަހުލޫފު (ވީޑިއޯ މެދުވެރިކޮށް): މިރޭ އަޅުގަނޑު ބައްދަލުކޮށްލާއިރު އަޅުގަނޑު މިހުރީ ޖަލުގައި ކަމަށް ވެދާނެ. (މިއީ ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯއެއް)

ނަޝީދު: މިނިވަން މުއައްސަސާތަކެއް ހޯދައިދޭނަން. މިނިވަން ޖުޑީޝަރީއެއް އަޅުގަނޑުމެން ހޯދައިދޭނަން.

ނަޝީދު: އަޅުގަނޑުމެންގެ އުންމީދު ނަގާލާކަށް ނުވާނެ. އެ އުންމީދު ނަގާލާކަށް ނުވެސް ޖެހޭ. އަޅުގަނޑުމެން އިންތިގާލީ ވެރިކަމެއް ގާއިމްކޮށްދޭނަން.

ނަޝީދު: ވެރިކަން ބަދަލުވާން ޖެހޭ. އިންތިގާލީ ވެރިކަމެއް ގާއިމްކޮށްދޭން ޖެހޭ. އިދިކޮޅު އެންމެން ގުޅިގެން އަޅުގަނޑުމެން މި ނުކުންނަނީ އެކަން ކުރަން.

ނަޝީދު: ދިވެހިރާއްޖެ ބަދަލުވާން ޖެހޭ. އަނެއްކާ ވެސް އަޅުގަނޑުމެން މި ނުކުތީ ދިވެހިންގެ އުންމީދުތައް ހާސިލްކޮށްދޭން. އަޅުގަނޑުމެން އަނެއްކާ ވެސް ހެޔޮވެރިކަމެއް ކޮށްދޭނަން،

ނަޝީދު: ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ވާން ޖެހޭ. ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ދިރިއުޅޭ ބަޔަކަށް ވާން ޖެހޭ. ގެދޮރުގެ ހުރުމަތް ހިފެހެއްޓެން ޖެހޭ. އުފާވެރިކަން ލިބެން ޖެހޭ.

ކުރީގެ ރައީސް މުހަންމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު: މުޅި ރާއްޖެ އެދެމުން ދަނީ މިހާރު އޮތް ސަރުކާރު ބަދަލުކޮށްލުމަށް. އަޅުގަނޑުމެން އެކަން ކުރާނަން.

ޑރ. ޖަމީލް: ގައުމު އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ވެސް ބައިވެރިވެ ވަޑައިގަންނަވާ.

ޑރ. ޖަމީލް: މިއަދު ބޭނުން ވަނީ ހާމަކަމާ އެކު ވެރިކަން ކުރެވޭނެ ބޭފުޅެއް. މިއަދު ގައުމިއްޔަތަށް ދިމާވެފައިވާ އެންމެ ބޮޑު ކަމަކީ ރައީސް ޔާމީންގެ ކޮރަޕްޝަނުން ސަލާމަތް ކުރުން.

ޑރ. ޖަމީލް: ހުރިހާ ވިޔަފާރިވެރިން ވެސް ސިއްރާއި ފާޅުގައި ވެސް ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ނުކޮށްފި ނަމަ އެއީ އޭގެ ދެރަ ލިބޭނެ ކަމެއް.

ޑރ. ޖަމީލް: ގާނޫނާ ޚިލާފަށް ދީފައިވާ ރަށްތައް އަލުން ނަގައި، ރައްޔިތުންގެ އެންމެ މަސްލަހަތު އޮތް ގޮތަކަށް އެ ރަށްރަށް އަލުން ދެވޭނެ. ލޯކަލް ކައުންސިލްތައް ބާރުގަދަ ކުރެވޭނެ. ގެސްޓް ހައުސްތަކަށް އަޅާލާނެ.

ޑރ. ޖަމީލް: ނޫސްވެރިކަމާއި ނޫސްވެރިންގެ އަޑު ކަނޑާލަން ތައްޔާރަށް ހުރި މީހަކަށް ވެރިކަން ހަވާލުކުރަން ހެޔޮ ނުވާނެ. ކޮންމެ ނޫސްވެރިއަކަށް އޮތީ އަންދާ ގާނޫނު.

ޑރ. ޖަމީލް: ރައީސް ޔާމީނަކީ އިންތިހާ އަށް ފިނޑި ބޭފުޅެއް. ވާދަވެރި ކޮންމެ ބޭފުޅަކު ވެސް މަގުން އެއްކިބާ ކުރަމުން ދޭ. އެމަނިކުފާނުގެ އެކުވެރިޔާ އަކީ ނޯތު ކޮރެއާގެ ލީޑަރު.

ޑރ. ޖަމީލް: ރައީސް ޔާމީން ރާއްޖެ އަށް ގެނެސްދެއްވި ތާރީޚު ނުދދެކޭ ފަދަ އަނދިރި ވެރިކަމެއް. ވެރިކަމުގެ ފުރަތަމަ ހާފު ނިމުނީ ބޮޑު ކޮރަޕްޝަނަކުން. އެމްއެމްއާރުޕީސީގެ ކޮރަޕްޝަންގެ ޒިންމާ ރައީސް ނަންގަވަން ޖެހޭ.

ޑރ. ޖަމީލް (ލަންޑަނުން ވީޑީއޯ މެދުވެރިކޮށް): ރައީސް ޔާމީންގެ ވެރިކަން މިހާރު ވަނީ ނިމިފައި. ޔާމީނަށް ތާއީދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް.

އިދިކޮޅު އިއްތިހާދުން ބާއްވާ ފުރަތަމަ ޖަލްސާ އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށް އެބަ ދެ އެވެ.

މި ޖަލްސާ އެ ސަރަހައްދުގައި ބާއްވަމުން ގެންދާއިރު، ވަރަށް ގިނަ ބަޔަކު ވަނީ ޖަލްސާގައި ބައިވެރިވެފަ އެވެ. އުޅަނދުފަހަރަށް ދަތި ނުވާނެ ގޮތަކަށް ފުލުހުން މަގު ހުޅުވާލައިފައިވާތީ، އެ ސަރަހައްދުގައި ގިނަ މީހުން އެއްވެ ތިބީ އާޓިފިޝަލް ބީޗުގެ ތެރޭގަ އެވެ. އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މި ޖަލްސާ ބާއްވަމުން އަންނަނީ ޖަލްސާ ބާއްވާނެ ތަނެއް ހޯދަން އެދުމުން ސަރުކާރުން އެއްވެސް ތަނެއް ނުދީގެންނެވެ.

ޖަލްސާގައި މިރޭ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ވަރަށް ޚާއްސަ އެހެން ބޭފުޅަކު ވެސް ވާހަކަ ދައްކަވާނެ ކަމަށް ވެ އެވެ.

މިހާތަނަށް ތިން ބޭފުޅަކު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެއީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި އިމާދު ސޯލިހެވެ.

(އިތުރު ތަފުސީލު އަންނަނީ)