ހުޅުމާލޭގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މަރުވެއްޖެ
ހުޅުމާލޭގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ހުޅުމާލޭގައި މިއަދު ހަވީރު މޫދަށް އެރިއުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ދ. މީދޫ ބީޗްހައުސް ހުސެއިން ރިޔާދު 21، ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ޒުވާނާ ގެނނބުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ 6:18 ގަ އެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.