27 އެޕްރީލް 2018 - 07:24

ޑްރޯންއަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ. ވަޒީފާގެ ގޮތުންނާއި މުނިފޫހިފިލުވައިލުމަށް ވެސް ޑްރޯން ދުއްވާ މީހުންނާއި ކުދިން އުޅެއެވެ. އާންމުކޮށް ޑްރޯން ވައިގެތެރޭގައި އުދުހެނީ ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި އަތުންނެވެ. އެކަމަކު އެކަންވެސް ދެން ބަދަލުވެދާނެއެވެ.
ގައިގައި އަޅުވާލާ ފިޔަގަނޑެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެ އެވެ. ފްލައިޖެކެޓްގެ ނަމުން ނަންދީފައިވާ މި ފިޔަގަނޑަކީ ޑްރޯންއާއެކު އުދުހިލުމުގެ އިހުސާސްކުރުވާނެ ފިޔަގަނޑެކެވެ.
ފްލައިޖެކެޓް ފަރުމާކޮށްފައިވަނީ ޑްރޯންގެ ކުރިމަތީ ކެމެރާއަށް ނަގާ މަންޒަރުތައް ފެންނަ ވާޗުއަލް ރިއަލިޓީ ހެޑްގިޔަރަކާއެކުއެވެ. ޑްރޯން ދުއްވަމުންދާއިރު ޕައިލަޓަށް ހީވާނީ އުދުހެވޭހެންނެވެ. ޑްރޯން މަސައްކަތްކުރާނީ ވެސް ފްލައިޖެކެޓް އަޅުވައިގެން ހުންނަ "ޕައިލެޓް" މަތިހަށްޓަށް ގެންނަ ހަރަކާތްތަކާ އެއްކޮށެވެ. ތަކުރާރުކޮށް ހަރަކާތްކުރަންޖެހި އަތް ވާޅުވެދާނެކަމަށްޓަކައި އަތަށް ބާރުލިބިދޭ ދުނިގަނޑެއް ވެސް ފްލައިޖެކެޓްގައި ހުރެއެވެ. އެއްވާނެއްގައި ދުއްވިގެން ނޫނީ ފްލައިޖެކެޓުން ޑްރޯން ކޮންޓްރޯލްކުރަން އުނދަގޫވާނެއެވެ.
ފްލައިޖެކެޓު އުފެއްދީ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި ވެސް ބޭނުންކުރެވޭ ގޮތަށެވެ. އެހެންވީމާ މިއީ ފަތްޖަހާލުމަށް ފަހު ދަބަހަށްލެވޭ ގޮތަށް ހަދާ ޖެކެޓެކެވެ. މީގެ ޖެކެޓު ބާޒާރުން ލިބެން އަދި ދުވަސްކޮޅެއް ނަގާނެއެވެ. އަދިވެސް ކުރިއަށްދަނީ ތަހުލީލާއި އަޖުމަބެލުމުގެ މަރުހަލާއެވެ.