މަސީގެ ނަން ބަދަލުކޮށް އާ ދައުރުގެ އިސް ވެރިން ހޮވައިފި
މަސީގެ ނަން ބަދަލުކޮށް އާ ދައުރުގެ އިސް ވެރިން ހޮވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)ގެ ނަން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އަށް ބަދަލު ކުރަން އެ ޖަމިއްޔާ އިން މިރޭ ނިންމަައިފި އެވެ.

މަސީގެ ނަން ބަދަލުކޮށް އާ ދައުރުގެ އިސް ވެރިން ހޮވައިފި
މަސީގެ ނަން ބަދަލުކޮށް އާ ދައުރުގެ އިސް ވެރިން ހޮވައިފި

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުންފުނިތައް އެކުލެވޭ ޖަމިއްޔާގެ ނަން ބަދަލުކުރަން ނިންމީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި އެ ޖަމިއްޔާގެ 16 ވަނަ އަހަރީ ޖަލްސާގަ އެވެ. އެ ޖަލްސާގައި މަސީގެ ނައިބު ރައީސް އަދުނާން ހަލީމް ވިދާޅުވީ ނަން ބަދަލު ކުރިއަސް ކުރުކޮށް ކިޔާނީ މިހާރެކޭ އެއްގޮތަށް "މަސީ" ކަމަށެވެ.

"ނޭޝަނަލް އިތުރު ކުރިއަސް އަޅުގަނޑުމެން ކުރުކޮށް ކިޔާއިރު އެން އަކުރު ފާޅުނުކޮށް ހަމަ މިހާރެކޭ އެއްގޮތަށް މަސީ،" އަދުނާން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ 16 ވަނަ ދައުރުގެ ރައީސްކަމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އައްޔަން ކޮށްފަ އެވެ. އައި ނައިބު ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ ކުރިން ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ އަދުދާނުގެ އިތުރުން އެލިޔާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

ހަޒާންދާރު ކަމަށް ކުރިން ވެސް މަގާމުގައި ހުންނެވި ހަސަން ހަބީބާއި ހަޒާންދާރުގެ އެހީތެރިއަކަށް ހުންނެވި އަމީން ވެސް ވަނީ އެ މަގާމުތަކަށް އައްޔަން ކޮށްފަ އެވެ.

އެ ބޭފުޅުން މަގާމުތަކަށް ހޮވުނީ އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ، އޮޓޮމެޓިކުންނެވެ.

އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ އެގްޒެކެޓިވް ބޯޑަށް ޖުމްލަ 10 ކެނޑިޑޭޓުން ވާދަ ކުރި އެވެ. އޭގެ ތެރެއިން ހޮވުނީ މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ)ގެ އިތުރުން އިބްރާހިމް ޝިއުރީ، މުހައްމަދު ޝާކިރު، އަބްދުﷲ ސޯލިހު، ކުރީގެ މަޖިލީސް މެމްބަރު އިބްރާހިމް މުއްތަލިބު، މުހައްމަދު ސައީދު، ޕީޕީއެމުން ވަކިކުރުމުން ގޮޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި ޖިލްވާޒް ޖައުފަރު އެވެ.

މިރޭގެ ޖަލްސާގައިި ވަނީ މަސީގެ 16 ވަނަ ދައުރަށް 1.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ވެސް ފާސްކޮށްފަ އެވެ. ބަޖެޓް ހުށަހަޅުއްވަމުން ހަޒާންދާރު ހަބީބު ވިދާޅުވީ، މި ދައުރުގައި މެމްބަރު ކުންފުނިތަކުގެ ފީގެ ގޮތުގައި 200،00ރ. އާއި މަސީ ފެއާ އިން 200،000ރ. އަދި ސަރުކާރުން 200،000ރ. ލިބޭނެ ކަމަށެވެ.

މިރޭ ފާސްކުރި ބަޖެޓަކީ 50 ޕަސެންޓް ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެއް ކަމަށް ވާއިރު، އިތުރުވާ ބައި ފޫބައްދާނީ އެގްޒެކެޓިވް ބޯޑު މެމްބަރުންގެ ފަރާތުން މަސީ އަށް ލިބޭ މާލީ އެހީތަކުން ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެސް މަސީން އަމަލު ކޮށްފައިވަނީ ހަމަ އެ އުސޫލުގެ މަތިންނެވެ.