ލޯބި އިތުރުވާނީ އަނބިމީހާއަށް އެހީވެގެން
ލޯބި އިތުރުވާނީ އަނބިމީހާއަށް އެހީވެގެން

ސިންކު ތެރެއަށް ގިނަވެފައި ހުންނަ ތަށިތައް ދޮވެލަދިނުމަކީ މާބޮޑު ކަމެއް ނޫނެވެ. އެކަމަކު މިހާ ކުޑަ ކަމަކުން ވެސް ދެމަފިރިންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްދޭނެ އެވެ.

ލޯބި އިތުރުވާނީ އަނބިމީހާއަށް އެހީވެގެން
ލޯބި އިތުރުވާނީ އަނބިމީހާއަށް އެހީވެގެން

ދިރާސާއެއްގައި ބުނާ ގޮތުން ތަށި ދޮންނަން އަންހެނުންނަށް މާގިނައިން ޖެހުމަކީ ދެމަފިރިންގެ ގުޅުމަށް ބުރޫ އަރައިފާނެ ކަމެކެވެ. ތަށި ދޮވުމަކީ ކުޑަ ކަމެއް ނަމަވެސް އަބަދު އެކަން ކުރަން ޖެހުމުން ގޯސްވެދާނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ސިންކް ތެރޭގައި ހުންނަ ތަށި ފަދަ ތަކެތި ދޮވެލައި ގޭ ތެރޭގައި ކުރަން ހުންނަ ކުދިކުދި ކަންކަމުގައި ފިރިމީހާ، އަނބިމީ އަށް އެހީތެރިވާ ނަމަ ގުޅުން ބަދަހިވުމަށް ބާރު އަޅަ އެވެ. އަދި ދެ މީހުންގެ ދޭތެރޭގައި އޮންނަ ގުޅުމާއި ލޯބި އިތުރުކޮށްދެ އެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކަންކަމުގައި އެކީ ހިއްސާވުމަކީ އެކުގައި ގިނަ ވަގުތު ހޭދަކުރެވެން ވެސް މަގުފަހިވާ ކަމެކެވެ. އަދި ދެ މީހުންގެ ދޭތެރޭގައި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިލަން ލިބޭ ފުރުސަތުތައް ވެސް ގިނަވާނެ އެވެ.

އޭގެ ސަބަބުން ދެމަފިރިންގެ ގުޅުން ބަދަހިކޮށްދެ އެވެ. ލޯތްބާއި އިތުބާރާއި ރައްކާތެރިކަން އެކަކު އަނެކެއްގެ ފަރާތުން އިހުސާސް ކުރުވަ އެވެ.