ވޭނަކުން ޖައްސައި، ކެނެޑާގައި 10 މީހުން މަރާލައިފި
ވޭނަކުން ޖައްސައި، ކެނެޑާގައި 10 މީހުން މަރާލައިފި

ޓޮރޮންޓޯ (އެޕްރީލް 24) - ކެނެޑާގެ ސިޓީއެއް ކަމަށްވާ ޓޮރޮންޓޯގައި ދުއްވާފައި ދިޔަ ވޭނަކުން، ދުވާރު މަތިން ދިޔަ ބައެއްގެ ގައިގައި ޖައްސާ 10 މީހުން މަރާލައިފި އެވެ.

ވޭނަކުން ޖައްސައި، ކެނެޑާގައި 10 މީހުން މަރާލައިފި
ވޭނަކުން ޖައްސައި، ކެނެޑާގައި 10 މީހުން މަރާލައިފި

ފުލުހުން ބުނީ އެ ހާދިސާގައި 15 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ވޭނުން ޖެއްސީ 25 އަހަރުގެ އަލެކް މިނައްސިއަން ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ އެ ހާދިސާ ހިންގި ސަރަހައްދާ މާ ދުރުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާ ވަނީ ފުލުހުންނާ ދިމާލަށް ކޮންމެވެސް އެއްޗެއް ދިއްކުރުމަށް ފަހު ބިރު ދައްކައިފަ އެވެ. އެކަމަކު އެ މީހާ ހައްޔަރުކުރި އިރު އެއްވެސް ހަމަލާއެއް ބަދަލުކޮށްފައެއް ނުވެ އެވެ.

ޓޮރޮންޓޯ ފުލުހުންގެ ޑިޕިއުޓީ ކޮމިޝަނަރު ޕީޓާ ޔުއެން ވަނީ އެ ހާދިސާގައި ހެކި ހުރި އެންމެން ފުލުހުންނަށް ހެކި ހުށަހެޅުމަށް އެދިފަ އެވެ. އަދި ތަހުގީގު ދިގު ދެމިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޮރޮންޓޯ ފުލުހުންގެ ވެރިޔާ މާކް ސައުންޑާސް ވިދާޅުވީ ވޭނުން ޖެއްސީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަން ކުރި މީހާގެ މަގްސަދަކީ ކޮބައިކަން ނޭނގޭ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕުގައި ފަހަކަށް އައިސް ވަނީ ވެހިކަލްތަކުން ޖެއްސުމުގެ ހާދިސާތައް އިތުރުވެފަ އެވެ. އެމެރިކާގެ ނިއު ޔޯކުގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ބައިސްކަލް ދުއްވަން އޮންނަ މަގެއްގައި ވޭނަކުން ޖައްސާ، އަށް މީހުން މަރާލައިފަ އެވެ.