މުޒާހަރާތައް ވަރުގަދަވުމުން އަރްމީނިއާގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
މުޒާހަރާތައް ވަރުގަދަވުމުން އަރްމީނިއާގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

ޔެރެވަން (އެޕްރީލް 23) - އަރްމީނާގައި މުޒާހަރާތައް ވަރުގަދަވެ އެންމެ ފަހުން ޔުނިފޯމް އެޅި ސިފައިން ވެސް ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާތަކުގައި ބައިވެރިވާން ފެށުމާ އެކު ބޮޑު ވަޒީރު ސަރްޒް ސަރްގްސިޔަން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުޒާހަރާތައް ވަރުގަދަވުމުން އަރްމީނިއާގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
މުޒާހަރާތައް ވަރުގަދަވުމުން އަރްމީނިއާގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

އިދިކޮޅު ފަރާތްތަކުން ބުނީ ސަރްގްސިޔަން ގެންދަވަނީ ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން ކަމަށެވެ. ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރުމާ އެކު މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ބޮޑު ވަޒީރު ކަމަށް ޕާލަމެންޓުން އައްޔަންކޮށްފަ އެވެ. މަގާމާ ހަވާލުވުމާ އެކު ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ ވަނީ އިހްތިޖާޖް ކުރަން ފަށައިފަ އެވެ.

މުޒާހަރާތައް ވަރުގަދަވުމުން އަރްމީނިއާގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
މުޒާހަރާތައް ވަރުގަދަވުމުން އަރްމީނިއާގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

ސަރްގްސިޔަން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ މުޒާހަރާ އަށް ނުކުތް މީހުންގެ ޑިމާންޑް ފުރިހަމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ސަރްގްސިޔަން އިސްތިއުފާ ދެއްވުމާ އެކު ކުރީގެ ބޮޑު ވަޒީރު ކަރެން ކަރަޕެޓިއަން ވަނީ ވަގުތީ ގޮތުން މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

މުޒާހަރާތައް ވަރުގަދަވުމާ އެކު އިދިކޮޅު ލީޑަރު ނިކޮލް ޕަޝިންޔަން ވެސް ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ބޮޑު ވަޒީރު އިސްތިއުފާ ދެއްވާފައި ވަނީ އިދިކޮޅު ލީޑަރު ބަންދުން ދޫކޮށްލިތާ މާގިނައިރެއް ނުވަނީހެވެ.

އިހްތިޖާޖަށް ނުކުތް އެތައް ބަޔަކާ މިއަދު ވަނީ ސިފައިން ވެސް ގުޅިފަ އެވެ. ސަރުކާރާ ދެކޮޅު މުޒާހަރާ އަށް ސިފައިން ނުކުމެފައި ވަނީ މުޒާހަރާ ކުރާ ސިފައިންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އިންޒާރު ދީފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވަމުން ސަރްގްސިޔަން ވިދާޅުވެފައި ވަނީ ރައްޔިތުން މިފަހަރު ކާމިޔާބުކޮށްފި ކަމަށެވެ. އެހެންވެ އޭނާ ވަނީ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަރްމީނިއާގެ ރައީސްކަމަށް ސަރްގްސިޔަން ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ވަނަ ދައުރު 2013 ވަނަ އަހަރު ކާމިޔާބު ކުރި އިރު ވަނީ އެތައް ހަމަނުޖެހުމެއް ހިނގައިފަ އެވެ. އެއް ކެންޑިޑޭޓަކު ވަނީ މަރައި ވެސް ލައިފަ އެވެ.