23 އެޕްރީލް 2018 - 06:53

ޗައިނާގައި، އުމުރުން އެއް އަހަރުގެ ކުއްޖަކު މަންމައާ އެކު މަޖާކޮށް ސަކަރާތް ޖެހުމުގެ ތެރޭގައި، ނިޔަފަތިކަނޑާ ދައްޗެއް ދިރުވާލައިފި އެވެ.
ޗައިނާ ޕޯސްޓް ނޫހުން ބުނީ އުމުރުން 16 މަހުގެ ފިރިހެއް ކުއްޖާ، ނިޔަފަތި ކަނޑާ ދަތި ދިރުވާލީ މަންމަ އަތުގައި ދަތި އޮއްވައި އެ އަތުލައިގެން ގޭތެރޭގައި ދުވަމުން ކަމަށެވެ. ނޫހުގައި ބުނެފައިވާ ގޮތުގައި، ދަތިން ކުއްޖާއަށް އަނިޔާއެއް ވެދާނެތީ އެ އަތުލަން ކުއްޖާގެ މަންމަ ދުވަން ފެށުމުން ކުއްޖާއަށް މަޖާވީ އެވެ. އަދި ދަތި އަތުލިޔަ ނުދޭން ދިރުވާލީ އެވެ.
ދަތި ދިރުވާލުމާ އެކު ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ބަނޑުގައި އޮތް 2.4 އިންޗީގެ ދަތި ނެގުމަށް ޑޮކްޓަރުން ވަނީ ކުއްޖާގެ ހޭ ނައްތައިގެން ވިއްސަކަށް މިނެޓް މަސައްކަތްކޮށްފަ އެވެ. އެންޑޮސްކޯޕް ބޭނުންކޮށްގެން ދަތި ނެގުމަށް ފަހު ކުއްޖާ ވަނީ، އިތުރު ފަރުވާއެއް ބޭނުން ނުވާތީ ދޫކޮށްލައިފަ އެވެ.
މިކަން ހިނގުމުގެ ދުވަސްކޮޅެއް ކުރިން ޗައިނާގެ ހޮސްޕިޓަލަކުން ވަނީ މީހެއްގެ ބަނޑުން ލައިޓަރެއް ވެސް ނަގައިފަ އެވެ. އެއީ އެ މީހާ މީގެ ވިއްސަކަށް އަހަރު ކުރިން ދިރުވާލި އެއްޗެއް ކަމަށްވެ އެވެ.