އަހަރެން ބަނޑުބޮޑެއް ނޫން: އިލިއާނާ ޑި ކްރޫޒް
އަހަރެން ބަނޑުބޮޑެއް ނޫން: އިލިއާނާ ޑި ކްރޫޒް

އިންޑިއާގެ ބަތަލާ އިލިއާނާ ކްރޫޒް ކައިވެނިކުރިކަން އިއުލާނު ނުކުރިއެއް ކަމަކު އެމެރިކާގެ ލޯބިވެރިޔާ އަދި ފޮޓޯގްރާފަރު އެންޑްރޫ ނީބޯންއާ އެކު އިންސްޓަގްރާމްގައި އާންމުކުރާ ފޮޓޯތަކާ ހެދި އެއީ ދެމަފިރިން ކަމަށް ނިންމައިގެން ތިބި މީހުން ގިނަ އެވެ. މިހާރު އަނެއްކާ އިވެނީ އިލިއާނާ ބަލިވެ އިން ކަމުގެ ވާހަކަ އެވެ.

މިހާރު އަޑުތައް އަރާފައިވާ ގޮތުން އިލިއާނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. މި ވާހަކަތައް މީޑިއާތަކުގައި ދައްކަން ފެށުމުން އިސްޓަގްރާމްގައި އޭނާ ބުނީ "ނޮޓް ޕްރެގްނަންޓް" ކަމަށެވެ.

ބަނޑު ބޮޑު ނޫން ކަމަށް އިލިއާނާ، 30، ބުންޏަސް ފޭނުން ތިބީ އެ ވާހަކައާ ދޭތެރޭ ޝައްކެއްގަ އެވެ. މި ފަހުން އޭނާ ފެންނަލެއް ތަފާތުކަމުން ބައެއް މީހުން ބުނަނީ ބަލިވެއިން ވައްތަރުޖަހާ ކަމަށެވެ. އެހެންވެ އަނެއްކާ މިހާރު ފަލަވާން މަސައްކަތް ކުރަނީތޯ ވެސް ބައެއް މީހުން އިސްޓަގްރާމްގައި ސުވާލުކޮށްފައިވެ އެވެ.

ބައެއް ފިލްމީ ތަރިންނަކީ ފާޑެއްގެ ބައެކެވެ. ލޯ ކުރިމަތީގައި ފެންނަން ހުންނަ ކަންކަން ވެސް މި މީހުން ދޮގުކޮށްފާނެ އެވެ. އެހެންވެ މި ވާހަކަތަކުގެ ހަގީގަތެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީން ވިދާލި ބަތަލ ބޮލީވުޑަށް ތައާރަފުވީ ރަންބީރް ކަޕޫރާ އެކު 2012 ގެ ފިލްމް "ބަރްފީ" އިންނެވެ.

އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "މޭ ތޭރާ ހީރޯ"، "ރުސްތުމް"، "ބާދްޝާހޯ"، "މުބާރަކަން" އަދި މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އަޖޭ ދޭވްގަންގެ ފިލްމް "ރެއިޑް" ހިމެނެ އެވެ.