ފަލަ ނޫނަސް ބަނޑުގައި ސަރުބީ ގިނަވުމުން ނުރައްކާ
ފަލަ ނޫނަސް ބަނޑުގައި ސަރުބީ ގިނަވުމުން ނުރައްކާ

އާދައިގެ ހަށިގަނޑެއް ނަމަވެސް އެ މީހެއްގެ ބަނޑުގައި ގިނައިން ސަރުބީ ހުންނަ ނަމަ އެކަމުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މާޔޯ ކްލިނިކްގެ، ހިތުގެ ދިރާސާތަކާ ބެހޭ ޑިވިޝަންގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ހޯސޭ މެޑީނާ-އިނޯސާ އިސްކޮށް މަސައްކަތްކުރެއްވި މި ދިރާސާއިން އެނގުނު ގޮތުގައި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށް ބަލާއިރު ފަލަ މީހުންގެ ތެރެއިން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑީ ފެޓްގެ ސަބަބުން ބަނޑު ބޮޑުކޮށް ތިބޭ މީހުންނަށެވެ.

މި ނަތީޖާ ލިބިފައި ވަނީ 2000 އިން 2016 އަށް، 45 އަހަރުން މަތީގެ 1700 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުންނެވެ.

ނަތީޖާއިން ދެއްކި ގޮތުގައި ބީއެމްއައި އަށް ބަލާއިރު ފަލަ އަދި ބަނޑުގައި ސަރުބީ ގިނަ މީހުންނަށް ހިތުގެ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު ދެ ގުނަ ބޮޑެވެ.

"ބަނޑަކީ ހަށިގަނޑުގައި އެންމެ ފުރަތަމަ ސަރުބީ ޖަހަން ފަށާ ތަން. ބަރުދަން އެކަށީގެންވާ ވަރަށް ވުރެ މަތި ކަމަށް ބީއެމްއައި އިން ދައްކާ، އެކަމަކު ބަނޑުގައި ސަރުބީ ނެތް މީހުންނަކީ ބަނޑުގައި ގިނައިން މަސް ޖަހާފައި ހުންނަ މީހުން. މިއީ ރަނގަޅު ނިޝާނެއް. އެއީ ފެޓް އެންދުމާއި ހަކުރު ލެވަލް ދަށްކުރުމަށް މިކަމުން އެހީއަކަށް ވާތީ،"

ދިރާސާގައި ބުނެފައި ވަނީ އާދައިގެ ބީއެމްއައި އެއްގައި ހުންނަ ކޮންމެ މީހަކީ ހިތުގެ ނުރައްކާ ކުޑަ މީހެއްގެ ގޮތުގައި ބަލައިިގެން ނުވާނެ ކަމަށެވެ.