23 އެޕްރީލް 2018 - 06:54

ފޭސްބުކަށް ޗިޕް ޑިޒައިންކޮށްދޭނެ މީހަކު އެބަ ހޯދަ އެވެ. ޝައުގުވެރިކަން ފާޅުކުރަންވީ އެވެ. ޗިޕް ޑިޒައިންކުރެވޭ ފެންވަރު ހުރި ނަމަ ވަޒީފާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ސެމީކޮންޑަކްޓާ ޗިޕްސެޓެއް އަމިއްލަ އަށް ފޭސްބުކް ޑިޒައިންކުރަނީ ކޮން ބޭނުމަކަށް ކަމެއް އަދި ނޭނގެ އެވެ. ބެލެވޭ ގޮތުގައި، "އާޓިފިޝަލް އިންޓެލިޖެންސް" ޑިވައިސްތަކެއް އުފެއްދުމަށް ފޭސްބުކް ޝައުގުވެރި ވަނީ އެވެ.
ޓެކްނޮލޮޖީ ކުންފުނިތައް މިހާރު ދަތުރުކުރަނީ އާޓިފިޝަލް އިންޓެލިޖެންސް އަމާޒަކަށް ހަދައިގެންނެވެ. ވާހަކަދައްކާ ސްޕީކަރުތައް، މަގު ބުނެދޭ ޑިސްޕްލޭތައް އަދި އަމިއްލަ އަށް ދުވާ ކާރުތައް އުފެއްދުމަށް ކޮންމެ ކުންފުންޏަކުން ވެސް ޝައުގުވެރިވެ އެވެ. މި ސިނާއަތުގައި ބާރުގަދަ ކުންފުންޏަކަށް ފޭސްބުކް ވެސް ވާންވީ އެވެ. ޚަރަދުކުރާނެ ފައިސާ، އެހެން ބަޔަކަށް ވަކި ދޫނުކުރާ ވަރަށް، ފޭސްބުކަށް ލިބިފައި ވެ އެވެ.
ފޭސްބުކްގެ މައިގަނޑު ވިޔަފާރި އަކީ އޮންލައިން އިޝްތިހާރެވެ. ފޭސްބުކް ބޭނުންކުރާހާ ބަޔަކަށް އިޝްތިހާރުތައް ދައްކުވައިދިނުމެވެ. އެ ގޮތުގައި ފޭސްބުކް މެދުވެރިކޮށް ވިޔަފާރި ހަލުއިކުރުމަށް ވިޔަފާރިވެރިން އަދި އެހެނިހެން ޚިދުމަތްތައް ވިއްކާ މީހުންނަށް ފުރުސަތު އޮވެ އެވެ.
އަމިއްލަ ޗިޕެއް އުފެއްދުމުގެ ބޭނުމަކީ ފޭސްބުކު މެނޭޖްކުރުން ފަހިކުރުން ކަމަށް ވާ ނަމަ އެއީ ވެސް ފޭސްބުކް އަށް އޮތް މުހިންމު ފުރުސަތެވެ. މިސާލަކަށް، އެމެޒޯން އެލެކްސާ ކަހަލަ ވާހަދައްކާ ސްޕީކަރެއްގެ އެހީތެރިކަން ފޭސްބުކް ބޭނުންކުރާ މީހުން އަދި ވެސް ކަންނެތްވެލުމަށް ބޭނުންހިފިދާނެ އެވެ. ފޭސްބުކް ނެޓްވޯކްގައި އުޅޭ ރައްޓެހިން ހޯދައި އަނގަތަޅާލަން އެ ޑިވައިސްގެ ބޭނުންހިފިދާނެ އެވެ. އަދި ފޭސްބުކްގައި ވިއްކަން ހުރި މުދަލާ ބެހޭ ގޮތުން ސުވާލުކޮށް އަހައި އޮޅުންފިލުވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.