ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަނީ
ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަނީ

މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަން، އެ މީހުންގެ ފޮޓޯއާ އެކު ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯ އިން ފެންނަނީ އެއްޗެހިތަކެއް އަޅާފައިވާ ދެ ގޯނި ކޮނޑަށް ލައިގެން ދެ ފިރިހެނަކު ހިނގާފައި ދާ ތަނެވެ. އެ ދެ މީހުންގެ މޫނު ފޮޓޯ އިން ސާފުކޮށް ފެނެ އެވެ.

ފުލުހުން ބުނިގޮތުގައި، އެ ދެ މީހުންނަކީ ކޮންސްޓްރަކްޝަން ސައިޓަކުން ކަރަންޓް ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ބައެކެވެ.

އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދެ އެވެ.