އުދަ އަރަމުން ދަނީ ކޮޅިގަނޑެއްގެ ސަބަބުން، މިއަދު ވެސް އުދައަރާނެ: މެޓް
އުދަ އަރަމުން ދަނީ ކޮޅިގަނޑެއްގެ ސަބަބުން، މިއަދު ވެސް އުދައަރާނެ: މެޓް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދަނީ އައްޑު އަތޮޅުގެ އިރުދެކުނުން 1000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

އުދަ އަރަމުން ދަނީ ކޮޅިގަނޑެއްގެ ސަބަބުން، މިއަދު ވެސް އުދައަރާނެ: މެޓް
އުދަ އަރަމުން ދަނީ ކޮޅިގަނޑެއްގެ ސަބަބުން، މިއަދު ވެސް އުދައަރާނެ: މެޓް

އެ އޮފީހުން ބުނީ އެ ކޮޅިގަނޑުގެ ސަބަބުން ކަނޑުގެ ބާނިތައް ބޮޑުވެ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މިއަދު 16:58 އަދި ދަންވަރު 3:42 ގަ އެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް 17:39 އާއި 4:50 ގައި ދިޔަވަރު ބޮޑުވާއިރު ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެ ވަގުތަކީ 18:42 އާއި 6:10 ގަ އެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު މިހާރު ދަނީ ރާއްޖެއާ ދުރަށް ޖެހެމުން ކަމަށެވެ.

ވޭތުވެދިޔަ ދެ ދުވަހު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ. މިދިޔަ ހުކުރު ދުވަހު ސ. ގަމަށް 111 މިލިލީޓަރު އަދި ގދ. ކާޑެއްދު އަށް 56 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ގަމަށް ގަޑިއަކު 47 މޭލަށް ވައިޖެހިފައިވާއިރު ކާޑެއްދު އަށް ވަނީ ގަޑިއަކު 39 މޭލަށް ވައި ޖެހިފަ އެވެ.

އިއްޔެ ވަނީ ފުވައްމުލަކު ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައިފަ އެވެ. ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.