ނަހުލާގެ "4426" އަށް ލައްކައަކަށް ވުރެ ގިނަ ވިއުސް
ނަހުލާގެ "4426" އަށް ލައްކައަކަށް ވުރެ ގިނަ ވިއުސް

ފާތުމަތު ނަހުލާގެ ކުރިއަށް އޮތް ބިރުވެރި ފިލްމް 4426 (ފޯ ފޯ ޓޫ ސިކްސް) ގެ ޓީޒާ ޓްރެއިލާ އަށް ހަފުތާއެއްގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ވިއުސް ލިބިއްޖެ އެވެ.

ނަހުލާގެ "4426" އަށް ލައްކައަކަށް ވުރެ ގިނަ ވިއުސް
ނަހުލާގެ "4426" އަށް ލައްކައަކަށް ވުރެ ގިނަ ވިއުސް

ނަހުލާގެ ސްކްރިޕްޓަކަށް އޭނާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓް ކުރާ މި ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ޓީޒާ އާންމުކުރީ ފޭސްބުކްގަ އެވެ.

ނަހުލާގެ "4426" އަށް ލައްކައަކަށް ވުރެ ގިނަ ވިއުސް
ނަހުލާގެ "4426" އަށް ލައްކައަކަށް ވުރެ ގިނަ ވިއުސް

މިއީ ދިވެހި ފިލްމެއްގެ ޓީޒާއަކަށް މިހާތަނަށް ލިބުނު އެންމެ ގިނަ ވިއުސް ވެސްކަން ފާހަގަކޮށްލެވެ އެވެ. މިހާތަނަށް ޓީޒާ އަށް ވަނީ 125،000 އަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުގައި ދިވެހި ފިލްމްތައް މިހާރު ވަރަށް ފޯރީގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ދިވެހި ފިލްމެއްގެ ޓީޒާއަކަށް އަދި ޓްރެއިލާއަކަށް ވެސް މީގެ ކުރިން މި ވަރުގެ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.

މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ގިނަ ވިއުސް ލިބުމުން "4426" ގެ ޓީމުން ވެސް އަންނަނީ އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަމުންނެވެ.

"ޓީޒާ އަށް މި ވަރުގެ ތަރުހީބެއް ލިބުނީމަ އެއިން ދައްކައި ދެނީ މި ފިލްމަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާކަން. އަހަރެމެންގެ ޓީމް އޮތީ ވަރަށް ހިތްހަމަޖެހިފައި. މިހާރު ދާ ގޮތުން ނަމަ ވަރަށް އަވަހަށް ދެ ލައްކަ ވިއުސް ވެސް ހަމަ ވާނެ،" ނަހުލާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ބެލުންތެރިން އުންމީދު ކުރާ ވަރުގެ ފިލްމަކަށް ފޯ ފޯ ޓޫ ސިކްސް ވެގެން ދާނެ."

"4426" ގެ ފޭސްބުކް ޕޭޖްގައި ވެސް ވަރަށް ގިނަ ބަޔަކު ވަނީ ޓީޒާ ކަމުގޮސްގެން ކޮމެންޓްކޮށްފަ އެވެ. އަދި ފިލްމް ބަލާލަން ކެތްތެރިކަން ކުޑަވެފައިވާ ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުން ޓީޒާ ބަލާލައިފައި ގައިން ހީބިހި ނަގަ އެވެ. އަދި ޓީޒާ އިން އައްޒަގެ ރޯލް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

"4426" ގެ ވާހަކަ އާ ބެހޭ ގޮތުން ނަހުލާ މިހާތަނަށް އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ. އެކަމަކު ބެލެވޭ ގޮތުން ފިލްމުގައި ބޮޑަށް ފެނިގެން ދާނީ ޖިންނި އަވަލާފައިވާ އަންހެން ކުއްޖެއްގެ ވާހަކަ އެވެ.

ނަހުލާ ބުނީ "4426" އަކީ ބިރުވެރި ފިލްމެއް ބަލާލެވުނުކަމުގެ އިހުސާސް ބެލުންތެރިންނަށް އޭގެ އެންމެ ފުންމިނަށް ކުރެވިގެން ދާނެ ފިލްމެއް ކަމަށެވެ. އަދި މިއީ ބިރުން ގޮސް ފިތްކަނޑައިގެންދާ ވަރުގެ މަންޒަރުތަކެއް ހިމެނޭނެ ފިލްމެއް ކަމުގެ ޔަގީންކަން ވެސް އޭނާ ދީފައިވެ އެވެ.

"4426" އަކީ ނަހުލާ ހަދާ ފުރަތަމަ ބިރުވެރި ފިލްމު ވެސް މެ އެވެ. އަދި ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާއީލް ޖުމައިހް އަދި އިބްރާހީމް ޖިހާދު (ޖިމީ) ފާހަގަކޮށްލެވެ އެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ "4426" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ.