މަދީނާ ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި
މަދީނާ ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި

މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ. ހާތިމް އަލް މަރްޒުކީ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މަދީނާ ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި
މަދީނާ ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދައުވަތަކަށް، ހާތިމް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސައުދީ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑާ މަޓްރެކް އަބްދުﷲ އަލްޑޮސަރީ އެވެ.

ހާތިމްގެ ދަތުރުގައި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފަ އެވެ.

މި ދަތުރުގައި ރައީސް އަބްދުﷲ ޔާމީންއާ ހާތިމް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ. އޭގެ އިތުރުން މަދީނާ އިސްލާމިކް ޔުނިވާސިޓީން ތައުލީމް ހާސިލްކޮށްފައިވާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި އަރަބިއްޔާ ސްކޫލުގެ ވެރިންނާ ހާތިމް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.