21 އެޕްރީލް 2018 - 15:24

ޗައިނާގެ ޓޫރިސްޓުން ރާއްޖޭގެ ގެސްޓްހައުސްތަކަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއް ގެސްޓް ހައުސް އެސޯސިއޭޝަން މޯލްޑިވްސް އިން ޗައިނާ އެމްބަސީއާ އެކު ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އާ ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ޗައިނާ ޓޫރިސްޓުންގެ ރައްކާތެރިކަމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާއި ކުރިއަށް އޮތް ތަނުގައި ޗައިނާ އެމްބަސީއާ ގުޅިގެން، ޗައިނާ ބަހުން ސޭފްޓީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަން ވަނީ މަޝްވަރާކޮށްފަ އެވެ.
ރާއްޖޭގެ ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު ގިނައީ ޗައިނާ މީހުންނެވެ. ޗައިނާ އިން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 72,539 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.