21 ޖުލައި 2016 - 18:30

އަލިކިލޭގެފާނު މަގާއި ހުސްނުހީނާ މަގުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މި ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ ބައެއް ވަގުތުތަކުގައި ޗާންދަނީ މަގުގައި ހުންނަ ސްކޫލު ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާކޮށްފައިވާތީ ޓްރެފިކް ބާރުބޮޑުވާތީ ކަމަށެވެ.
އެ ދެ މަގަކީ މިހާރު އެއްކޮޅަށް ދުއްވާ ދެ މަގެވެ. އެގޮތުން ހުސްނުހީނާ މަގު މިހާރު އުތުރުން ދެކުނަށް ދުއްވާއިރު އަލިކިލޭގެފާނު މަގު ދުއްވާނީ ދެކުނުން އުތުރަށްވާ ގޮތަށެވެ. މި ބަދަލުތައް މޮނިޓާކުރަން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ދާއިމީ ބަދަލުތަކެއްގެ ގޮތުގައި ނިންމަން ހަމަޖައްސާފައިވަނި ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ އާ ވެސް އެކުގައި ދިރާސާ ކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.