މީރާ އިން ކެއާ ސޮސައިޓީ އަށް 52،000ރ. ހަދިޔާކޮށްފި
މީރާ އިން ކެއާ ސޮސައިޓީ އަށް 52،000ރ. ހަދިޔާކޮށްފި

ކެއާ ސޮސައިޓީން ހިންގާ ކެއާ ޑިވެލޮޕްމެންޓް ސެންޓަރުގެ ޕްލޭ އޭރިއާ ހަދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 52،000ރ. އިއްޔެ ހަދިޔާކޮށްފި އެވެ.

މީރާ އިން ކެއާ ސޮސައިޓީ އަށް 52،000ރ. ހަދިޔާކޮށްފި
މީރާ އިން ކެއާ ސޮސައިޓީ އަށް 52،000ރ. ހަދިޔާކޮށްފި

އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި މީރާގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާ ކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ޔަޒީދު މުހައްމަދެވެ. ކެއާ ސޮސައިޓީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ އެ ތަނުގެ ޗެއާޕާސަން ތޯހާ ސަލީމެވެ.

މީރާ އިން ކެއާ ސޮސައިޓީ އަށް 52،000ރ. ހަދިޔާކޮށްފި
މީރާ އިން ކެއާ ސޮސައިޓީ އަށް 52،000ރ. ހަދިޔާކޮށްފި

މިއީ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މިރާ އިން ބުންޏެވެ.

އިއްޔެގެ ހަފުލާގައި ޓެކްސް ކޮމިޝަނަރު ޔަޒީދު ވިދާޅުވީ، މިއީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އިޖުތިމާއީ މިފަދަ އެތައް ހަރަކާތެއް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެއާ ސޮސައިޓީގެ ޗެއާޕާސަން ތޯހާ ސަލީމްގެ ވާހަކައިގައި، މި ފަދަ އެހީތަކަކީ އެ ޖަމިއްޔާ އަށާއި ކެއާ ޑިވެލޮޕްމަންޓް ސެންޓަރަށް ވަރަށް މުހިއްމު އެހީތަކެއް ކަމަށް ވިދާޅުވި އެވެ. މީރާގެ މުވައްޒަފުން ދިން އެހީ އަކީ ކެއާ ޑިވެލޮޕްމަންޓް ސެންޓަގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިއްމު ކަމެއް ހާސިލް ކުރުމަށް ވެވޭ ވަރަށް ބޮޑު އެހީއެއް ކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.